ޕީއެންސީ ގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވުނު ރަސްމިޔާތުގެ ތެރެއިން؛ ފޮޓޯ؛ ވޮއިސް
ހަބަރު
06 Dec 2023 | 21:13
ޕީއެންސީގެ އޮފީސް ރައީސް ޑރ މުއިއްޒު ހުޅުވައިދެއްވައިފި

ވެރިކަން ކުރާ ޕާޓީގެ އޮފީސް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ. 

ސީ ތްރެކް އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވި އިރު އެ ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ވަނީ ބައިވެރިވެފައެވެ. 

އޮފީސް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ސެނެޓް ބައްދަލުވުމެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެބައްދަލުވުމަށްފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

މިރޭ ބާއްވާ ސެނެޓް ބައްދަލުވުމުގައި ކުރިއަށް އޮތް ސިޓީ ކައުންސިލް އިންތިޚާބާއި އަދި މަޖިލީސް އިންތިޚާބުގެ މުހިންމު ގިނަ ކަންކަން ނިންމާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޕީއެންސީ ވަރުގަދަ ކުރުމަށްޓަކައި އެ ޕާޓީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ޕާޓީއާއި އަލަން ގުޅުނު 400ޮ މެމްބަރުންގެ ޕީއެންސީން އާ އޮފީހެއް ވަކިން ފުރަތަމަ ހިންގަން ފެށީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެއިރު އޮފީސް ހިންގަމުން ދިޔައީ ކެމްޕޭނު ދުވަސްވަރު ކާނިވަލުގައި ދިވެހީންގެ ޖަގަހަ ހިންގަމުން އައި ތަނުގައެވެ.

ޕީއެންސީން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެގޮތުން މީގެ ކުރިން އެމްޑީޕީއަށް ނިސްބަތްވި އިސް ބޭފުޅުންނާއި ކުރީ ސަރުކާރުގެ އިސް މަޤާމުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.