މާލޭ މުނިސިޕަލްޓީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް--
ހަބަރު
07 Dec 2023 | 10:33
މާލެ މުނިސިޕަލްޓީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލްގެ ތާއީދު ޢާޒިމާ އަށް؛ "ޢާޒިމާ އަކީ މި ފަންނުގެ ތަޖުރިބާކާރެއް"

މާލެ މުނިސިޕަލްޓީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަބްދުލް ހަމީދު ޢަލީ، މާލެ ސިޓީ މޭޔަރ ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ޢާއިޝަތު ޢާޒިމާ ޝަކޫރަށް ތާއީދު ކުރައްވައިފި އެވެ.

ޢާޒިމާއަށް ތާއީދު ކުރައްވާ އަބްދުލް ހަމީދު މީސްމީޑިއާގައި އާއްމު ކުރެއްވި ވީޑިއޯ އެއްގައި ވިދާޅުވީ، އެބޭފުޅާ އަކީ ޢާޒިމާ އާއި އެކު ގިނަ އަހަރު ތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

އަދި އެ ދުވަސްވަރު އެ ބޭފުޅާ ހުންނެވީ މާލޭ މުނިސިޕަލްޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ކަމަށާ، ޢާޒިމާ ހުންނެވީ މާފަންނު އަވަށު އޮފީހުގެ ޑެޕިއުޓީ އަވަށުވެރިޔާ ކަމަށް ވާއިރު، ޢާޒިމާ ކުރައްވަމުން ދިޔައީ މުނިސިޕަލް ކަންކަމަށް ޚާއްސަ މަސައްކަތްތައް ކަންވެސް ފާހަގަކުރެއްވި އެވެ. 

އާޒިމާ އަކީ މާލޭގެ މިއޮތް ހަލަބޮލި މާހައުލު ރަނގަޅަށް ދަންނަ، އެނގޭ، އެ ތަޖުރިބާ ހުރި، އެ ފަންނުގައި އެކަން ކުރެވިދާނެ ބޭފުޅެއްކަން އަޅުގަނޑަށް ޔަގީން ވާތީ، ޢާޒިމާ އަކީ މާލޭ މެޔަރ ކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް ގަބޫލު ކުރަން. 

މާލެ މުނިސިޕަލްޓީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް އަބްދުލް ހަމީދު ޢަލީ 

ޢަބްދުލް ހަމީދުގެ ތާއީދު ޢާޒިމާ އަށް އޮތް ކަން ހާމަ ކުރެއްވުމާއެކު ޢާޒިމާ ވަނީ އެކަން ވަރަށް ބޮޑަށް ބަލައިގަންނަވާ ކަމަށާ، އަދި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަބްދުލް ހަމީދުގެ އިތުރުން، ސްޕްރީމްކޯޓްގެ ކުރީގެ ފަނޑިޔާރު އަބްދުالله ދީދީ ވެސް ވަނީ ޢާޒިމާ އަށް ތާއީދު ކުރައްވާ ޢާޒިމާގެ ކެންޕެއިންގައި ވެސް ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ ޓިކެޓް އަގުތައް ބޮޑުތަނުން ވެއްޓިއްޖެ
ޓިކެޓް ވިއްކާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޓިކްޕިކް" އިން ހާމަކުރި ގޮތުގައި، މި އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ކުރިން 2,950 ޑޮލަރުގައި ހުރުމަށްފަހު، އަންގާރަ ދުވަހުގެ މެންދުރުފަހާ ހަމައަށް ވަނީ 1,200 ޑޮލަރަށް ތިރިވެފައެވެ.
08 Jul 2026
މިސްރު ކޯޗުގެ އުދާސްތައް ބަންޑުންކޮށްލައިފި
އެޓްލާންޓާގައި ކުޅެވުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗަށްފަހު، މިޞްރުގެ ކޯޗު ހުސާމް ހަސަން ވަނީ އާޖެންޓީނާ އަތުން ބަލިވި މެޗުގައި އިންސާފުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފީފާއަށް ފާޑުކިޔާފައެވެ.
08 Jul 2026
ކޮލަމްބިއާ ބަލިކޮށް ސްވިޒަރލޭންޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ވަރލްޑްކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ސްވިޒަރލޭންޑުން ހޯދިއިރު މިއީ ވޯލްޑް ކަޕް ތާރީޚުގައި އެޓީމް ޕެނަލްޓީ ޝޫޓްއައުޓަކުން ހޯދި ފުރަތަމަ މޮޅެވެ
08 Jul 2026
އުނދަގޫ މެޗަކަށްފަހު އާޖެންޓީނާ ކުއާޓާ ފައިނަލަށް
މިމެޗްގައި ރެފްރީންގެ ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން މިސްރުން ވަނީ އެކަމުގެ ޝަކުވާކޮށްފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްވިޒަރލެންޑާ ދެކޮޅަށެވެ.
07 Jul 2026
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.