އުރީދޫ އާއި ސެމްސަންގް އިން ރާއްޖޭގައި ގެލެކްސީ އެސް10 ތައާރަފްކޮށް، ޕްރީ-އޯޑަރއަށް ހުޅުވާލައިފި

04 Mar 2019 | 17:22

ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގުގެ ފަހުގެ ގެލެކްސީ އެސް 10 ސީރީޒް ރާއްޖޭގައި ތައާރަފްކޮށް، ފޯނުތަށް ބައްލަވައިގަތުމަށް ވަރަށް ޙާއްސަ ޕްލޭންތަކެއް އިއުލާނު ކޮށްފިއެވެ.

މިއަދު ހަވީރު އުރީދޫ މޯލްޑިވްސްގެ މައިއޮފީހުގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި، އުރީދޫއިން ވަނީ ސެމްސަންގް ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް ފޯނުތަކަށް ޕްރީއޯޑަރ ނަގަން ހުޅުވާލާފައެވެ. އަދި ޕްރީއޯޑަރ ކުރައްވާ ކޮންމެ ފޯނަކާއި އެކު، އުރީދޫގެ ފަރާތުން ގެލެކްސީ ބަޑްސް ހަދިޔާކުރެވިގެންދާނެއެވެ.

ރާއްޖޭގައި ސެމްސަންގް އެސް 10 ސީރީޒް ތައާރަފްކުރުމަށް ބޭއްވުނު ހަފްލާގައި، ސެމްސަންގް އިންޑިއާ އިލެކްޓްރޮނިކްސްގެ ފަރާތުން މެނޭޖިންގް ޑައިރެކްޓަރ އޮފް ސްރީލަންކާ އެންޑް މޯލްޑިވްސް، ހަންބޭ ޕާކް؛ ޑަރިރެކްޓަރ އޮފް މޮބައިލް، ވައި.ކޭ ހވޯންގ؛ ހެޑް އޮފް މޮބައިލް އޮޕަރޭޝަންސް، ޝަންތަ ފަރނެންޑޯ؛ އަދި އުރީދޫ މޯލްޑިވްސް އިން ސީއީއޯ ނަޖީބް ޙާން؛ އަދި ޑައިރެކްޓަރ އޮފް ބްރޭންޑް އެންޑް ސޭލްސް، ހުސެން ނިޔާޒު ވަނީ ބައިވެރިވެފައެވެ.

ބައިނަލްއަޤްވާމީ ޓެކްނޮލޮޖީގެ ދާއިރާގެ ޝައުގުވެރިކަން ހޯދާފައިވާ މި ފޯނުތަށް ބައްލަވައިގަތުމަށް، އުރީދޫ ކަސްޓަމަރުންނަށް ވަނީ ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ. 1 އަހަރަށް ބަހާލެވިފައިވާ މި ޕެކޭޖުތައް މެދުވެރިކޮށް 12 ޖީބީގެ ހިލޭ ޑޭޓާ ލިބި، ވަރަށް އަގުހެޔޮކޮށް ފޯނު ބައްލަވައިގަނެވޭނެއެވެ.

ފުލް ޕޭމަންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

 

މަހުންމަހަށް ފައިސާދައްކާ ޕްލޭން

މަހަކު އެންމެ 942 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ މިއަދު ފަށާފައެވެ. މި ޕްލޭން ޚާއްސަކުރެވިފައިވާ، ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށްވުރެ ބޮޑު ޕޯސްޓްޕެއިޑް ޕެކޭޖެއް ޚިޔާރުކުރައްވާ ކަސްޓަމަރުންނަށެވެ.

ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން މި ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

މި އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދަވައި، ޕްރީއޯޑަރ ކުރެއްވުމަށް www.ooredoo.mv އަށް ޒިޔާރަތް ކުރައްވާށެވެ.

Advertisement

ކޮމެންޓް