ހުޅަނގުއައްސޭރީގައި އިޒްރާއިލް ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
07 Dec 2023 | 14:25
ހުޅަނގުއައްސޭރީގައި ހިންގާ މިލިޓަރީ ރެއިޑްތައް މެދުކެނޑުމެއްމެތި ކުރިއަށް!

އިޒްރާއިލުން ފަލަސްޠީނުގެ ހުޅަނގުއައްސޭރީގައި ހިންގާ މިލިޓަރީ ރެއިޑްތައް މެދުކެނޑުމެއް ނެތި އިޒްރާއިލުން ދަނީ ކުރިއަށް ގެންދަމުންނެވެ.

އެގޮތުން ރޭ އިޒްރާއިލުން ހުޅަނގުއައްސޭރީގައި ކުރިއަށް ގެންދިިޔަ ރެއިޑްތަކުގައިވެސް 21 މީހަކު ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށް ފަލަސްޠީނުގެ ޕްރިޒަނަރސް އެސޯސސިއޭޝަނާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ރޭ ހުޅަނގުއައްސޭރީގެ ޙަލީލްގެ ބައިތްއުއްމާރުގައި ހަލާކުވެެގެން ދޫކޮށްލައިފައިހުރި ބާ ކާރުތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އިޒްރާއިލް ސިފައިން ލަފާކޮށްފައިވަނީ އެކާރުތައް ބޭނުންކޮށްގެން އެމީހުނަށް ހަމަލާދީފާނެ ކަމަށެވެ.

މީގެއިތުރުން ބައިތްލަޙަމްގައި ހިންގި މިލިޓަރީ ރެއިޑްގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ހަމަމިއާއި އެކު ތުލްކަރަމްގައި ބުލްޑޯޒަރުތަކާއި އެކު ހިންގި ރެއިޑްތަކުގައި ފަސް މީހަކު ހައްޔަރުކޮށް ތުލްކަރަމްގެ ނޫރްއަލްޝަމްސް އަށް ޢުމްރާނީ ގޮތުން ގެއްލުން ތަކެއް ދީފައިވާ ކަމަށް ބުނެފައިވެއެވެ.

ނާބުލްސް ގައި ހިންގި މިލިޓަރީ ރެއިޑްގައި ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު، ރާމައްﷲގައި ހުންނަ ޕްރިންޓް ޝޮޕަކަށްވަދެ ބަލައި ފާސްކޮށްފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އިޒްރާއިލުން އޮކްޓޫބަރު 7 ގައި ޣައްޒާއަށް ދޭން ފެށި ހަމަލާތަކާއި އެކު ހުޅަނގުއައްސޭރީގައި ހިންގާ މިލިޓަރީ ރެއިޑްތައް ވަނީ އިތުރުވެފައެވެ. އަދި ގިނަ ބަަޔަކު ޝަހީދުކޮށް އެތައް ބަޔަކު ހައްޔަރުކޮށްފައި ވެސްވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.