ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިންގް--
ހަބަރު
10 Dec 2023 | 13:48
ޝަރުތު ހަމަނުވާކަމަށް ކަނޑައެޅީ ގޯސްކޮށްކަމަށް ނިންމައި ގޯތި ދިނުމަށް ހުކުމް ކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ލިޔެކިޔުންތަކާ އެކު ފޯމު ހުށަހެޅުމުން މީހެއްގެ ޝަރުތު ހަމަނުވާ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައާޅާއިފައިވާ ނިންމުން ނިންމައިފައި ވަނީ ގޯސްކޮށް ކަމަށާއި އެ މީހާގެ ޝަރުތު ހަމަވާ ކަމަށް ނިންމައި އެ ފަރާތަށް ގޯތި ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި، ކ. މާލެ, ދަފްތަރު ނަންބަރު: 234, ފާތިމަތު އަހްމަދުގެ ފަރާތުން އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާއިފައިވާ މައްސަލައިގައި ބުނެފައިވަނީ، އައިޑެންޓިޓީ ސައްހަ ކުރުމަށާއި, މިނިސްޓްރީގެ ނިންމުމުގެ ސަބަބުން ގެއްލިގެންދާ ހައްގުތައް ހޯދައިދިނުމަށެވެ.

އެހެނަސް ހައުސިންގް މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާނު ކުރި ވަގުތީ ލިސްޓުގައި އޭނާގެ ނަން ހިމަނާފައި ނުވާއިރު އެކަމާ ގުޅިގެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް އޭނާ އެ މިނިސްޓްރީއަށް ފޯރުކޮށްދީފައިވެއެވެ.

ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން ދާއިމީ ލިސްޓުގައި ވެސް އޭނާގެ ޝަރުތު ފުރިހަމަނުވާ ކަމަށް ހައުސިންގ މިނިސްޓްރީން އޮތީ ކަނޑައަޅައިފައެވެ. 

ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް އިއްޔެ  ކުރެއްވި ހުކުމުގައި ވަނީ ފާތިމަތު އަހްމަދުއަކީ "ބިންވެރިޔާ" ސްކީމަށް ޝަރުތު ހަމަވާ މީހެއް ކަމަށް ކަނޑައަޅައި, އެހެން މީހުންނަށް ގޯތި ހަވާލުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ދަށުން އޭނާއަށް ވެސް ގޯތި ދިނުމުގެ ކަންކަން ހަމަޖައްސައިދިނުމަށެވެ.

މި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އޮންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.