އޭސީސީގެ މެންބަރުން-- ފޮޓޯ/މަޖިލިސް
ހަބަރު
10 Dec 2023 | 15:21
ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސަސް އޭސީސީއަށް ދީފި

މިދިޔަ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ ސުކީމް'ގެ ދަށުން އިއުލާންކުރި 4،000 ފުލެޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގަމުންދާ ތަހުގީގަށް 'ގެދޮރުވެރިން ޕޯޓަލް'ގެ އެކްސެސް އެ ކޮމިޝަނަށް ދީފިއެވެ.

އެގޮތުން އެ ކޮނިޝަންގެ ތަހުގީގަށް ހައުސިން މިނިސްޓްރީން އޭސީސީއަށް ޕޯޓަލްގެ އެކްސެސް ދީފައިވާކަން އޭސީސީން ވަނީ ވޮއިސްއަށް ކަށަވަރުކޮށްދީފައެވެ.

އޭސީސީ އިން ބުނީ ޕޯޓަލްގެ އެކްސެސް ލިބުމާއެކު މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ

އަދި، މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގަށް ހުރަސް ނޭޅޭގޮތަށް މި މައްސަލައާ ގުޅޭ މައުލޫމާތު ކޮމިޝަނުން ހިއްސާ ކުރަމުންދާނެ ކަމަށް ވެސް ބުންޏެވެ.

އޭސީސީގެ ތަހުގީގަށް ގެދޮރުވެރިން ޕޯޓަލްގެ އެކްސެސް އެސީސީއަށް ދިނުމަށް ނިންމާފައިވާކަން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހާމަކުރެއްވީ މިދިޔަ މަހު ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައެވެ.  

އެގޮތުން އެ ކޮމެޓީގައި މިނިސްޓަރ ހައިދަރު ވަނީ، ގެދޮރުވެރިޔާ ސުކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ ފޯމުތަކާއި އެ ފޯމުތަކާ އެކު ހުށަހަޅާފައި ހުރި ލިޔުންތަކާއި ހައުސިން މިނިސްޓްރީން ކޮށްފައިވާ ހުރިހާ މަސައްކަތްތައް ފެންނަ ގޮތަށް އޭސީސީއަށް ގެދޮރުވެރިން ޕޯޓަލްގެ އެކްސެސް ދިނުމަށް އެ ކޮމިޝަނުން އެދިފައިވާކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.