ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކައިރީ ޓެކްސީއެއް މަޑުކޮށްލައިގެން -- ފޮޓޯ: އެމްއޭސީއެލް
ހަބަރު
10 Dec 2023 | 16:16
ވީއައިއޭގެ އައު މެނޭޖްމަންޓުން ދިން ލުޔާއެކު ދެން ޑޮމެސްޓިކް ޓާމިނަލްގެ ދޮރާ ހަމައަށް ޓެކްސީގައި ދެވޭނެ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދާ ޓެކްސީތަކާއި ކާރުތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް މަޑުކުރެވޭ ގޮތް ހަދައިފިއެވެ.

މީގެ ކުރިން މާލެއާއި ހުޅުމާލެއިން އެއާޕޯޓަށް ދާ ޓެކްސީ މަޑުކުރަނީ އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށެވެ. އެހިސާބުން، ލަގޭޖް ތަކާއި ހުރިހާ ތަކެއްޗެއް ހިފައިގެން ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދާން ޖެހެނީ ހިނގާފައެވެ. 

އޭގެ ސަބަބުން އެއާޕޯޓް ގެ ބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހި އެކަމުގެ ޝަކުވާތައް ކުރެއެވެ. ޚާއްސަކޮށް ވިއްސާރަ ދުވަސްތަކުގައި އޭގެ ސަބަބުން ފަސިންޖަރުންނަށް ބޮޑެތި އުނދަގޫ ތަކާއި ކުރިމަތިލާން ޖެހެއެވެ. 

ނަމަވެސް ވީއައިއޭ ހިންގަމުން އަންނަ އެމްއޭސީއެލްގެ އައު މެނޭޖްމަންޓުން ވަނީ ޑޮމެސްޓިކް ޓާމިނަލްގެ އުތުރުކަންމަތިން ކާރުތަކަށް މަޑު ކުރެވޭނެ ޖާގަ ހަދައިފައެވެ. އެގޮތުން މިހާރު އެ ޓާމިނަލަށް ފަހަރަކު ތިން ކާރަށް މަޑުކުރެވޭއިރު، ޓްރެފިކް ބަލަހައްޓަން މީހުންވެސް ތިބެއެވެ.

މިކަން ރޭވިފައިވަނީ ވީއައިޕީ ކާރުކޮޅުތަކަށްވެސް ދަތިނުވާނެ ގޮތަށް ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.

އެމްއޭސީއެލް އެމްޑީ އިބްރާހިމް ޝަރީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/އެމްއޭސީއެލް

މި ދެވުނު ލުޔާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، އެބޭފުޅާއަށް މަގާމު ހަވާލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަސިންޖަރުންނަށް ދަތިކޮށްހުރި ހުރިހާކަމެއް މިވަގުތުން ވަގުތަށް ހައްލު ކޮށްދެއްވުމަށް އެދިވަޑައިގެފައިކަމަށެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެއާޕޯޓަށް ހިދުމަތް ހޯދުމަށް އަަންނަ ފަރާތްތަކަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ކުންފުނިން މަސައްކަތްތައް ކުރައްވަމުންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. 

"މިއީ ވީއައިއޭއިން ހިދުމަތް ހޯދާ ވަރަށް މުހިންމު ބައެއް ކަމަށްވާ ޑޮމެސްޓިކް ޑިޕާޗާ ފަސިންޖަރުންނަށް ލުއި ފަސޭހަ ހޯދައިދޭން ގެންނަ ބަދަލެއް ފެށުން. މި މަސައްކަތް ކުރަނީ އެމްއޭސީއެލްގައި ހުރި ދަތިިތަކާއެކު ހުރިހާ ޑިޕާޓްމަންޓުތަކާއި އޭވިއޭޝަން ޕޮލިސްގެ އެއްބާރުލުމާއެކު،" 

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު

ޝަރީފް އިތުރަށް ވިދާޅުވީ، މުސްތަގުބަލުގައި ވީއައިއޭއަށް ފުރަން އަންނަ މީހުންގެ އިތުރުން ވީއައިއޭއަށް އަންނަ ފަސިންޖަރުންނަށްވެސް މި ސަރަހައްދުން ކާރު ނެގޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.