މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ އާދަމް ޢާޒިމް-- ފޮޓޯ/އެމްޑީޕީ
ހަބަރު
11 Dec 2023 | 12:53
ގޯއްޗާއި ފްލެޓް ޔަގީންކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: ޢާޒިމް

މާލެސިޓީގެ މޭޔަރ ކަމަށް އިންތިޚާބުވެވަޑައިގެންފި ނަމަ، ގޯއްޗާއި ފުލެޓް ލިބިފައިވާ ފަރާތްތަކަށް އެ ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހުސްވެެފައިވާ މާލޭ މެޔަރ ކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. 

"ފެހި ތަނަވަސް މާލެ" ކެމްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ބިމާއި ފުލެޓް ލިބުނު ފަރާތްތައް މަގުމަތިވިޔަ ނުދެއްވާނެ ކަމަށެވެ.

"އަޅުގަނޑު މާކޭ ރައްޔިތުންނަށް މި ދެއްވާ ޔަގީން ކަމަކީ ތި ބޭފުޅުންނަށް އެ ދީފައިވާ ހުރިހާ ބިންތައް އެ ދީފައި ހުރި ތާކުން ލިބޭނެގޮތް ހަމަޖެއްސުމަށް ޓަކައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން."

އާދަމް ޢާޒިމް

އާޒިމް ވަނީ އައު ސަރުކާރުގެ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ ފުށިދިއްގަރުފަޅު މަޝްރޫޢުއަށް ފާޑު ވިދާޅުވެ، ކުރީ ސަރުކާރުން ހިއްކާފައިވާ ބިންތައް ތަރައްގީ ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. 

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޢާޒިމް ވަނީ އޭނާގެ މޭޔަރުކަމުގެ ދަށުން މާލޭއަށް ކޮށްދެއްވާނެ ގިނަ ކަންކަން ހިއްސާކުރައްވައިފައެވެ.

އާޒިމްގެ ބައެއް ވައުދުތައް

• މަދުވެގެން އަހަރަކު ހަތަރު ފަހަރު އަވަށު ބައްދަލުވުން ބާއްވާއި ރައްޔިތުންގެ ބައިވެރިވުމާ އެކު ކަންކަން ނިންމުން.

ކުނީގެ މައްސަލަ ހަމައަކަށް އެޅުވުން.

• އަސާސީ ހިދުމަތް ދޭ ކުންފުނިތަކާ ގުޅިގެން ސިޓީ ކައުންސިލްގެ ހިދުމަތުގެ ފެންވަރު މަތިކުރުން.

• ޕާކިން އާއި ޓްރެފިކްގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރުން.

• ޚިދުމަތްތައް ހޯދަން އާދޭސްކުރަން ޖެހުން ހުއްޓުވުމާއި ނުފޫޒު ބޭނުންކޮށްގެން ހިދުމަތް ހޯދުން ހުއްޓުވުން.

• މާލޭގެ ބިމުގެ އޮޑިޓެއް ހަދައި ބިން ބޭނުންކުރަނީ އެންމެ ރަނގަޅަށްތޯ ބެލުމާއި ޕާކިން ޖާގަ އަށާއި ޕާކުތަކަށް ބިން ބޭނުންކުރުން.

އާޒިމް ވިދާޅުވީ އޭނާ ހިދުމަތްކުރާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި ހިދުމަތް ޑުޕްލިކޭޓްކޮށް ރައްޔިތުންގެ ފައިސާ އިސްރާފްވާ ކަންތައްތަކުގައި ބައިވެރިއެއް ނުވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.