ރައްޔިތުންގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް
ހަބަރު
11 Dec 2023 | 18:38
ބަޖެޓުން ފުށިދިއްގަރު ފަޅު އުނި ކުރީ ގައުމީ ވިސްނުމެއްގައެއް ނޫން: އަހްމަދު ހަލީމް

ފުށި ދިއްގަރު ފަޅު ތަރައްގީކުރުމުގެ މަޝްރޫއަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ހިމެނި 400 މިލިއަން ރުފިޔާ ކޮމިޓީއިން އުނިކޮށް ބަޖެޓް ފާސްކުރަން ތަޅުމަށް ފޮނުވީ އިހުލާސްތެރި ވިސްނުމެއްގައި ނޫން ކަމަށް ރައްޔިތުގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް ހަލީމް) މިއަދު ވިދާޅުވެއްޖެއެވެ. 

މިއަދު މަޖިލީހުގައި ފެށި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އަހުމަދު ހަލީމް ވަނީ ފުށިދިއްގަރު މަޝްރޫއު ބަޖެޓުން އުނިކުރީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީގެ ލީޑަޝިޕުން ބޭނުންވާ ބަޔަކު ގެނައުމަށް މެންބަރުންތަކެއްގެ ވޯޓް ހޯދުމުގެ ބޭނުމުގައި ވިދާޅުވެ، ފުށިދިއްގަރު މަޝްރޫއު އުނިކޮށް އެ ފައިސާ ދާއިރާތަކުގެ ތަރައްގީއަށް ބަހާލާފައި ހުރީ ބޭއިންސާފުން ކަމުގައި ތުހުމަތު ކުރައްވައިފައެވެ. 

އަލަށް ފަށާ 23 ޕްރޮޖެކްޓަކަށް އެބަ އޮތް މަތިވެރި ދާއިރާއަށް 18 މިލިއަން ޖަހާފައި. މިއީ ކޮން އުސޫލަކުން ކިހިނެތްކޮށްފައި އޮތް ކަމެއްތޯ؟ މި އޮތީ ވޯޓާ ގުޅިފައި. ނައިބު ރައީސްގެ ވޯޓާ ގުޅިފައި

އަހްމަދު ހަލީމް 

މީގެ އިތުރުންވެސް ކޮމިޓީން ބަޖެޓް އިސްލާހުކުރި އިރު ބައެއް ރަށްރަށުގައި ބޮޑެތި މަޝްރޫއުތައް ނިމުމަކާ ކައިރިވެފައި ވަނިކޮށް އެ މަޝްރޫއުތައް ނިންމަން ބަޖެޓުގައި ފައިސާ ނުހިމަނާ އެހެން ބައެއް ރަށްރަށަށް މުޅިން އާ މަޝްރޫއުތަކަށް ފައިސާ ހިމަނާފައިވާ ކަމުގައި އަހްމަދު ހަލީމް ވިދާޅުވިއެވެ. އެގޮތުން ބަޖެޓުން ފުށިދިއްގަރު އުނިކޮށް ބައެއް މެންބަރުންގެ ދާއިރާތަކަށް 7 މިލިއަން ރުފިޔާ ކަނޑައެޅި ކަމަށްވެސް މިއަދު މަޖިލހުގައި ދެއްކެވި ވާހަކަ ފުޅުގައި އަހްމަދު ހަލީމް ވަނީ ތުހުމަތު ކުރައްވައިފައެވެ. 

"މަގޫދޫގައި އެއާޕޯޓެްގެ %70 އަޅާފައި އޮއްވާ އެކަން ނުނިންމާ އަނެއްކާ 5 މިނެޓުން ދެވޭ އަނެއް ރަށުގައި 40 މިލިއަން ރުފިޔާ އެއާޕޯޓަށް މި އޮތީ ހިމަނާފައި... އެހެންވީމަ މިހިރަ ކަންކަން ހުރީމާ ފުށި ދިއްގަރުގެ [އުނިކުރުމަކީ] ވެސް އިހްލާސްތެރިކަމާއި އެކީ ކުރިކަމެއްގެ ގޮތުގައި އަޅުގަނޑަކަށް ނުފެނޭ. މިއީ ގައުމީ ވިސްނުމެއްގައި ކުރި ކަމެއް ނޫން،" 

އަހުމަދު ހަލީމް (ދޮންބިލަތް ހަލީމް)

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކުރިއިރު މި ސަރުކާރުން ހިންގަން ރާވާފައިވާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުކަމަށްވާ ފުށިދިއްގަރު ފަޅު މަޝްރޫއު ބަޖެޓުން އުނިކުރީ އެ ފައިސާ އެހެން މަޝްރޫއުތަކަށް ކަނޑައެޅުމަށެވެ. އެގޮތުން އެ ބަޖެޓުގައި 200 މިލިއަން ރުފިޔާ ކަނޑައެޅީ އެމްޑީޕީ ސަރުކާރުން ގޯތިދީފައިވާ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ ހިއްކާ ނިންމާ އަސާސީ ހިދުމަތްތައް ގާއިމްކުރުމަށެވެ. އަދި އަނެއް 200 މިލިއަން ކަނޑައެޅީ މެންބަރުންގެ ދާއިރާތަކަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.