މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް-- ފޮޓޯ/މަޖިލިސް
ހަބަރު
12 Dec 2023 | 12:08
ވަޒީރާއި ސުވާލު ކުރުމުގެ ގަވާއިދާއި ޚިލާފަށް ސުވާލު ނުކުރައްވައި، އެ ގަވާއިދު ބަދަލު ކުރަން އެދިވަޑައިގެންފި!

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިކޮށް ސުވާލު ކުރުމާއި ގުޅޭގޮތުން ހެދިފައިވާ ގަވާޢިދާއި ޚިލާފަށް ވަޒީރާއި ސުވާލު ނުކުރެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެމްޑީޕީ މެންބަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ މެންބަރު، އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދާއި ސުވާލު ކުރެއްވުމަށް އެދިލައްވާފައިވާތީ، ސުވާލަށް ޖަވާބު ދެއްވުމަށް ސަޢީދު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފައެވެ. 

ސަލީމްގެ ސުވާލު ބިނާ ކުރައްވާފައިވަނީ، އިހަވަންދިއްޕޮޅުގައި ކުރީ ސަރުކާރުން އަޅަން ނިންމެވި ޕޯޓާއި ގުޅޭގޮތުން ނެވެ. 

އެހެން ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އަދި އިދިކޮޅުު ޕާޓީ، އެމްޑީޕީގެ ގިނަ މެންބަރުން ސުވާލު ކުރައްވަމުން ގެންދެވީ މައުލޫއިން ބޭރުން އެހެން ސުވާލު ތަކެވެ. އެ ސުވާލު ތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރަށް ދެންނެވެން ނެތް ކަން ފާހަގަކުރައްވައި އަސްލަމް ވަނީ ތަކުރާރު ކޮށް، މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ވަޒީރާއި ސުވާލު ކުރެއްވުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. 

އަދި މަޖިލީހުގެ ގަވާއިދާއި، ގާނޫނުގައި ވަކި ގޮތަކަށް ލިޔެވިފައި ވަނިކޮށް، އެއިން ބޭރުން ކުރެވޭ ސުވާލުތައް ބަލައި ނުގަނެވޭނެ ކަމަށާ، މަޖިލީހުގެ ގަވާއިދު މެންބަރުންނަށް ކަމު ނުދާ ކަމުގައި ވާނަމަ، އެ ބަދަލު ކުރުމުގެ ބާރުވެސް އެ މެންބަރުންނަށް ލިބިލައްވާކަން އަސްލަމް ފާހަގަކުރެއްވި އެވެ. 

އަޅުގަނޑުވެސް ގަބޫލު ކުރަން 14 ދުވަހުގެ ނޯޓިސް ދީފައި ކަމަށް ސުވާލު ކުރެވެނީ. އެހެންވީމާ ތަކުރާރުކޮށް މިދަންނަވަނީ އެއަށްވުރެވެސް މުއްދަތު ކުރުކޮށްފައި، ވަޒީރުންނާއި ގިނައިން ސުވާލު ކުރެވޭ ގޮތަށް ހައްދަވާށޭ. އަދި އޭގެ އިތުރުން، ވަޒީރުންނާ ސުވާލު ކުރަން މީގެ ކުރިން ސުވާލުތައް ތޮއްޖެހިފައިވާ ގޮތަށް، ނުބާއްވާ، ވަކި ޚާއްސަ ދުވަހެއް ސުވާލުގެ ޖަވާބު ހޯދަން ކަނޑައަޅަން. މެންބަރުން ރިޔާސަތަށް ފޮނުއްވާ ސުވާލަށް ޖަވާބު ހޯދައި ދިނުމުގައި އަޅުގަނޑު ދެމި ހުންނާނަން. އެހެން ނަމަވެސް އިތުރު ސުވާލު ކުރާއިރު ގަވާއިދާއި ގާނޫނާ ހަމަތަކާއި އެއްގޮތަށް ސުވާލު ކުރުން އެދެން. އެނޫން ގޮތަކަށް ސުވާލު ކުރަން މެންބަރުން ބޭނުންފުޅުވެލައްވާނަމަ، މެންބަރުންނަށް އަބަދުވެސް އިޚްތިޔާރު ލިބިގެންވޭ މަޖިކީހުގެ ގަވާއިދަށް އިސްލާހު ގެންނަން ވެސް، އަދި ގާނޫނަށް އިސްލާހު ގެނައުމަށްވެސް. އިއްޒަތްތެރި މެންބަރުން އެކަން ބަދަލު ކޮށްދެއްވާ.. 

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް 

ވަޒީރުންނާއި ސުވާލު ކުރުމުގެ ގާނޫނު 2/2005 ގެ 16 ވަނަ މާއްދާގައިވާގޮތުން އިތުރު ސުވާލު ކުރުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ދެއްވާނީ ކުރަން ބޭނުންވާ ސުވާލަކީ ނޯޓިން ދީގެން ވަޒީރާއި ކުރެއްވި ސުވާލު، ނުވަތަ އެ ސުވާލާއި ގުޅިގެން ވަޒީރު ދެއްވި ޖަވާބުން އުފެދޭ ސުވާލަކަށް ވާނަމަ ކަމަށެވެ. އަދި އެ އިތުރު ސުވާލު ކުރާނީ ވަޒީރަށް ނޯޓިސް ދީގެން ކުރި ސުވާލުގެ ޖަވާބުގައި ވަޒީރު ހާމަކުރި އެއްޗަކަށް އެބޭފުޅާގެ އާބަސް ނުވަތަ ނޫން ބަސް ކަނޑައެޅިގެން ހޯދުމަށް ނޫން ކަމުގައި ވާނަމައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.