މާލެސިޓީ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު ޢާޒިމާ ޝަކޫރު--ފޮޓޯ/ވޮއިސް
ހަބަރު
12 Dec 2023 | 16:25
ނުކުމެ މިތިބީ ރައީސް ޑރ.މުޢިއްޒު މާލެސިޓީ އަށް ޚާއްސަކުރައްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރަން: ޢާޒިމާ

މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވަން ނުކުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މާލެ ސިޓީ އަށް ޚާއްސަ ކުރައްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރައްވަން ކަމަށް، އެ މަޤާމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށާއި ކައުންސިލް މެންބަރުންގެ މަގާމަށް ވާދަކުރައްވާ 4 ކެންޑިޑޭޓުންގެ ފޯމު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަން، އީސީ އަށް ހަށަހަޅުއްވާފައެވެ. 

ފޯމު ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޢާޒިމާ ވަނީ، އެ މަގާމުތަކަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ތިން ކެންޑިޑޭޓުންނަކީ އަންހެނުންކަން ފާހަގަކުރައްވާ، އެއީވެސް ހެޔޮ ފާލެއް ކަމަށް ވިދާޅުވެފައެވެ. 

އަދި ޢާޒިމާ އާއި ދެންވެސް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ތިއްބެވީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ޚިދުމަތްކުރެއްވުމަށް ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށްވުރެ މުހިންމު އެހެން އެއްވެސް ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ނުކުމެ މި ތިބީ ރައީސް މުޢިއްޒުގެ ވިޝަން ރާއްޖެއަށް ކާމިޔާބު ކުރެއްވުމަށްޓަކައި އޭގެ މާލޭގެ ބައި ހިފައިގެން. އިރާދަކުރެއްވިޔާ އަޅުގަނޑުމެން ވާނެ އިންތިޚާބު ކާމިޔާބު ކޮށްފައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތް ކުރާނެ ބަޔަކަށް. އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަށްވުރެ މުހިންމު ކަމެއް ނޯންނާނެ. މިއަދު އަޅުގަނޑުމެން ކުރިމަތި މިލަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވިޝަންގެ ތެރެއިން މާލެ އަށް ޚާއްސަ ކުރެވިފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި. އަޒުމާއެކު އަޅުގަނޑުމެން މި ތިބީ. އަޅުގަނޑުމެންގެ ޢަޒުމެއް ނުގުޑާނެ."

މާލެސިޓީ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު ޢާޒިމާ ޝަކޫރު

ޢާޒިމާ ވަނީ އައު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ފުރުސަތު ދެއްވުމަށް އޭނާ އާއި ޕީއެންސީގެ އެހެން ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.