މާލޭ މޭޔަރ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު--ފޮޓޯ/ވޮއިސް
ހަބަރު
13 Dec 2023 | 09:03
"މާލޭ މައްސަލަތައް ހައްލު ކުރެވޭނީ ރައީސާއެކު މަސައްކަތް ކޮށްގެން؛ އެމަނިކުފާނަކީ އެ މައްސަލަތައް ދަންނަ ބޭފުޅެއް"

އަދުގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވީ މާލޭގެ ޙާލަތު ވަރަށް ގާތުން ދެކެވަޑައިގެންފައިވާ ބޭފުޅެއް ކަމަށާ، އެމަނިކުފާނާއި ގުޅިގެން، މަސައްކަތް ކުރާނެ މޭޔަރަކު އިންތިޚާބުވެވަޑައިގެންފި ނަމަ، މާލެ ސިޓީ އަށް މިވަގުތު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް، މާލޭ މޭޔަރ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

ރޭ "ވަގުތު" ޓީވީގެ "ތަފްސީލީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢާޒިމާ ވަނީ އޭނާގެ މޭޔަރ ކަމުގައި މާލެ ސިޓީއާއި މެދު ގެންގުޅުއްވާ ތަޞައްވުރާއި ގުޅޭ ތަފްސީލް ހާމަކުރައްވާފައެވެ. 

އެގޮތުން ޢާޒިމާ ވިދާޅުވީ، އަދުގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވީ މާލޭގެ މޭޔަރ ކަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މާލޭ މޭޔަރ ކަން ކުރެއްވި އިރު، މާލެސިޓީ ތަރައްގީ ކުރައްވާނެ ގޮތުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެއް އެކުލަވައި ލައްވާފައިވާ ކަމަށާ, އެމަނިކުފާނުގެ މިސަރުކާރުގައި ވެސް މާލެ ސިޓީގެ ތަރައްޤީއަށް ގިނަ ކަންކަން ހިމަނުއްވާފައިވާ ކަމަށެވެ. 

އެހެންކަމުން، ޢާޒިމާ ވިދާޅުވީ، އޭނާ މޭޔަރ ކަމަށް އިންތިޚާބުވެ ވަޑައިގެންފި ނަމަ، މަސައްކަތްތައް ބައްޓަން ކުރައްވާނީ، މާލެ ސިޓީގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގެ ތަންފީޒު ނުވެ އޮތްބައި ތަންފީޒުކުރައްވައި، ރައީސް ޑރ.މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން މާލެސިޓީ އަށްް ޚާއްސަބައި ފުއްދުމަށްޓަކައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވަން ކަމަށެވެ. 

މިއާއެކު ޢާޒިމާ ވަނީ، އައު ސަރުކާރުން މާލެސިޓީއަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި، ސަރުކާރު ތަމްސީލުކުރާ މޭޔަރަކު ހުރުމުގެ މުހިންމު ކަމަށް އަލި އަޅުވާލައްވާފައެވެ. 

އެގޮތުން ޢާޒިމާ ވިދާޅުވީ، އައު ގާނޫނު އަސާސީއާއެކު، ކައުންސިލްތައް އުފެދި، ސިޓީ ކައުންސިލްތަކުގައި މޭޔަރުން އިންތިޚާބު ކުރަން ފެށިފަހުން، މާލެ ސިޓީ ގައި ސަރުކާރާއި އެއް ފިކުރެއް ނުވަތަ އެއް ޕާޓީއެއްގެ، މޭޔަރ އެއް އިންތިޚާބުވެވަޑައިގެންފައި ނުވާ ކަމަށެވެ. 

އޭގެ ސަބަބުން، އެ ސިޓީގެ ތަރައްޤީއާ މެދު މޭޔަރ ގެންގުޅުއްވާ ތަސައްވުރާއި ސަރުކާރާއި ފުށުއަރައި، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ އިރު، އެކަމުގެ ހުރިހާ ދައްޗަކާއި އުނދަގުލެއް ކުރިމަތިވަނީ ރައްޔިތުންނަށް ކަން ޢާޒިމާ ފާހަގަކުރެއްވި އެވެ. 

ސަރުކާރާއި މޭޔަރ އާއި ދޭތެރޭގައި އެއް ވިސްނުންތަކެއް ނެތިފައި، އެއް އަމާޒެއް ނެތީ ކަމަށް ވަންޏާ އެ ސަފާ ކުރޭ މާލެ (ރައްޔިތުން) ވަރަށް ބޮޑަށް.... އެކަމު ސަރުކާރާއި އެކުގައި ހުރި މީހަކު އިންތިޚާބުވެއްޖެ ކަމަށްވަންޏާ އެކަން (މައްސަލަތައް ހައްލު) ކުރެވެން ވާނެ އަޅުގަނޑުމެންނަށް. މިހާރު ރައީސް ކަމާއި ހަވާލުވެ އެ ހުންނެވީ މާލޭ މޭޔަރ ކަން ކުރެއްވި ބޭފުޅެއް. ކުރިން ހައުސިންގް މިނިސްޓްރީ ގައި ހުންނެވީ. އެހެންވީމާ، ގިނަ މަސައްކަތް ތަކާއި ހަވާލުވެފައި، މާލޭގެ ހުރި ބޮޑެތި މައްސަލަތައް އަންޑަސްޓޭންޑް ވެފައި، އެ މައްސަލަ ތަކުގައި އަމިއްލައަށް މަސައްކަތް ކުރެއްވިފައިހުރި ބޭފުޅަކު ރައީސްކަމުގެ ގޮނޑިއަށް އިށީނދެވަޑައިގަތީމާ، އެބޭފުޅާކާއެކު މަސައްކަތް ކުރާނެ މީހަކު ނުކުމެއްޖެއްޔާ މާލެއަށް މައްސަލަތައް ހައްލުވާންޖެހޭނެ. މިފަހަރު އަޅުގަނޑުމެންނަށް މިކަން ނުވިއްޔާ، ދެން ނުވެސް ކުރެވޭނެ. 

ޢާއިޝަތު ޢާޒިމާ ޝަކޫރު 

ޢާޒިމާ ވިދާޅުވީ، ކެންޕެއިންގެ ތެރެއިންވެސް އެނޫން ގޮތް ގޮތުންވެސް އެކި ވިސްނުމުގެ ތަފާތު ބޭފުޅުންނާއި ބައްދަލުވާ ކަމަށާ، އެ އެންމެނަކީ، އަދި މާލޭގައި ދިރިއުޅޭ އެންމެނަކީވެސް އޭނާއަށް ވޯޓު ލެވޭނެ މީހުންވެސް ނޫން ކަމަށެވެ. އެހެން ނަމަވެސް، މޭޔަރ ކަމަށް ވަޑައިގަންނަވަނީ ޚިދުމަތްކުރައްވަން ކަމަށްވާއިރު، އޭނާގެ މޭޔަރ ކަމުގައި އެއްވެސް ތަފާތު ކުރުމެއްނެތި މާލެސިޓީ ގައި ދިރިއުޅޭ މާލޭ މީހުންނާއި އެނޫން މީހުންގެ އިތުރުން މާލެއަށް ޒިޔާރަތް ކުރާ، އެންމެނަށްވެސް، ފަސޭހަ، ހިތްހަމަޖެހިގެން، ރައްކާތެރިކަމާއި އެކު އުޅެވޭނެ ތަނަކަށް މާލެ ހައްދަވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ