މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު ޢާޒިމާ ޝަކޫރު--
ހަބަރު
13 Dec 2023 | 10:28
ކައުންސިލްތަކަކީ ހަމައެކަނި ސިޔާސީ މަސައްކަތް ކުރާ ތަނަކަށް ވެގެން ނުވާނެ: ޢާޒިމާ

ކައުންސިލް ތަކަކީ ހަމައެކަނި ސިޔާސީ މަސައްކަތް ތަކެއް ކުރާ ތަނަކަށް ވެގެން ނުވާނެ ކަމަށާ، އެއީ މުޖުތަމަޢުގެ އިޖްތިމާޢީ މައްސަލަތައް ހައްލުކޮށް، މުޖުތަމަޢު އިސްލާހުކުރަ ތަނަކަށްވެސް ވާންޖެހޭ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

"އެސްއެސް" ޓީވީގެ "މާލޭ މޭޔަރ" ޕްރޮގްރާމްގައި ބައިވެވަޑައިގެން ވާހަކަދައްކަވަމުން، ޢާޒިމާ ވަނީ އޭނާގެ މޭޔަރ ކަމުގައި މާލެ ސިޓީގައި ކުށްތައް މަދު ކުރުމަށާއި، އިޖުތިމާޢީ މައްސަލަތައް ހައްލު ކޮށް، އެއީ ރައްކާތެރި ތަނަކަށް ހެދުމަށް ގެއްގުޅުއްވާ ސިޔާސަތު ތަކަށް އަލިއަޅުވާލައްވާފައެވެ. 

އެގޮތުން ޢާޒިމާ ވިދާޅުވީ، މާލެސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަކީ އޭނާގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ. 

އެގޮތުން ރައްކާތެރިކަމުގެ ވާހަކަ ދެކެވޭއިރު މައިގަނޑު ތިން ކަމަކަށް އަލިއަޅުވާލަންޖެހޭ ކަމަށް ޢާޒިމާ ވިދާޅުވި އެވެ. 

"އެކައްޗަކީ ސިވިލް ޑިފެންސް. ސިވިލް ޑިފެންސް އަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މައިގަނޑު ކަމެއްގެ ގޮތުގައި. އެއީ ސަރުކާރުގެ ސިޔާސަތަކަށްވެސް ވާނެ. އެއީ މާލެސިޓީ ކައުންސިލްގެ ވެސް މެންޑޭޓެއް. ދެވަނަ ރައްކާތެރިކަމުގެ ސިޔާސަތަކީ ކުށުގެ ވެށި ނޫނީ ކްރައިމް ޕްރިވެންޝަން. އަޅުގަނޑަށް މިކަން މިހާ ބޮޑުވަނީ އަޅުގަނޑަކީ މިދާއިރާގެ ރިސާޗް ހަދާފައި ހުރި މީހަކަށް ވީމާ. އަޅުގަނޑުގެ ސްޕެޝަލިޓީއެއް ކްރައިމް ޕްރިވެންޝަން ނޫނީ ކްރިމިނަލް ޖަސްޓިސް އަކީ. މާލެއަކީ ރާއްޖޭގެ އެންމެ ގިނަ ކުށް ކުރެވޭތަން ކަން ތަފާސް ހިސާބުތަކުން އެބަ އެނގޭ. އަދި ކްރައިމް އިންޓެންސިޓީވެސް ހައި. އެހެންވީމާ މާލޭގައި މި މައްސަލަ ތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ. މިކަމުގައި ހޯމް މިނިސްޓަރާ އެކުގައިވެސް މަޝްވަރާ ކޮށް ޚިޔާލުތައް ދިނިން. ތިންވަނަ ކަމަކަށް މާލޭގައި މިހިރަ ތަންތަނުގެ ރައްކާކެތިކަން. މާލެއިން ބޭރު ކުރަންޖެހޭ ފެކްޓްރީ ތަކާއި، ވޯކްޝޮޕްތައް ބޭރުކުރުމުގެ މައްސަލަ."

ޢާއިޝަތު ޢާޒިމާ ޝަކޫރު 

މާލޭގައި ދިރިއުޅޭ މީހުންނަކީ އަޚްލާގީ ގޮތުން ރަނގަޅު ބަޔަކަށް ހަދައި، މުޖުތައުގައި ރިވެތި އަޚްލާގު އަށަގަންނަވައި ކުށްތައް މަދު ކުރުމަށް ކުރައްވާނެ ކަންކަމަށް އަލި އަޅުވާ ލައްވަމުން ޢާޒިމާ އިތުރަށް ވިދާޅުވީ މީގެ ކުރިން މާފަންނު އަވަށު އޮފީހުގައި 6 އަހަރު މަސައްކަތް ކުރެއްވުމަށްފަހު، މާފަންނު އަންހެނުންގެ ކޮމިޓީގައި އަދި މާފަންނު މަދަރުސާ ގައިވެސް އޭނާއަށް މަސައްކަތް ކުރެއްވުނު ކަމަށެވެ. އެހެންކަމުން، އިޖްތިމާޢީ އެފަދަ މައްސަލަތައް ހައްލުކުރުމަށް އެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި ތަޖުރިބާތައް ލިބިފައިވާކަން ޢާޒިމާ ފާހަގަކުރެއްވި އެވެ. 

ޢާޒިމާ ވިދާޅުވީ، ރާއްޖޭގެ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލް ތަކަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި ކައުންސިލް ތަކަކީ ހަމައެކަނި ސިޔާސީ މަސައްކަތް ކުރުމަށް އޮންނަ ތަނެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކައުންސިލްތަކަކީ ހަމައެކަނި ސިޔާސީ މަސައްކަތް ކުރުމަށް އޮންނަ ޔުނިޓް ތަކަކަށް، ވެގެން ނުވާނެ. ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލީހާއި ވަރަށް ތަފާތު ވާނެ. މަޖިލީހަކީ ޖަވާބުދާރީ ކުރުވާ ތަނެއް. އެއީ ސިޔާސީ މަސައްކަތް ކުރާ ތަނެއް. އެކަމު ކައުންސިލްތަކަކީ ސިޔާސީ މަސައްކަތަށް ހަމައެކަނި ޚާއްސަވާ ތަނަކަށް ވެގެން ނުވާނެ. އިޖްތިމާއީ މައްސަލަ ތަކަށް އަޅުގަނޑުމެން ހައްލު ހޯދަންޖެހޭ. 

ޢާއިޝަތު ޢާޒިމާ ޝަކޫރު 

ޢާޒިމާ ވިދާޅުވީ، ތަޢުލީމީ ޒުވާނުންނާއި، ވަޒީފާ އަދާކޮށް މުޖުތަމަޢުއަށް ފައިދާވާ ޒުވާނުންނާއި މީހުން އުފެއްދުމަކީ ކުށުގެ ވެއްޓަށް ވަންނަ މީހުން މަދުކުރެވޭނެ މަގެއް ކަމަށެވެ. އެހެންކަމުން، ސިޓީ ކައުންސިލްގެ ދަށުގައި ހުރި ތަންތަނުގެ ތެރޭގައި، ޒުވާނުގެ ހުނަރު ތަރައްގީ ކުރަން ޕްރޮގްރާމްތައް ހިންގައި، އެމީހުންނަށް ފައިދާ ހުރި މަސައްކަތްތައް ކުރަން ދަސްކޮށްދެވިއްޖެ ނަމަ، ގިނަ ބަޔަކު އަނބުރާ މުޖުތަމަޢަށް ގެނެސް، ކުށް މަދުކޮށް މުޖުތަމަޢު އިސްލާހު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. 

ވުމާއެކު، ޒުވާނުންނާއި އަދި އަންހެނުންނަށް ޚާއްސަކޮށްގެން އެފަދަ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް މިހާރުވެސް ފެށިފައިވާ ކަމަށާ އެކަން ކަމުން މުޖުތަމަޢުއަށް ބޮޑު ފައިދާއެއް ވާނެ ކަން ޢާޒިމާ ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.