ޕޫީމާ ކުންފުނީގެ އޮފީހެއް. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
13 Dec 2023 | 10:55
ބޮއިކޮޓް ކުރުމަށް ގޮވާލާ އަޑު ގަދަވެ ޕޫމާއިން އިޒްރާއިލްގެ ފުޓުބޯޅަ ޓީމްގެ ސްޕޮންސަރޝިޕް ހުއްޓާލަނީ

ޕޫމާ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ އަޑު ގަދަވެ އިޒްރާއިލްގެ ފުޓްބޯޅަ ޓީމްގެ ސްޕޮންސަރޝިޕް ހުއްޓާލުމަށް އެކުންފުނިން ނިންމައިފިއެވެ.

ޕޫމާ ކުންފުނިން ބުނެފައިވަނީ އިޒްރާއިލް ޓީމުގެ ސްޕޮންސަރޝިޕް ހުއްޓާލުމަކީ މާކުރިންވެސް އެކުންފުނިން ނިންމައިފައިވާ ނިންމުމެއް ކަމަށާއި، އެނިންމުމަކީ ބޮއިކޮޓް ކުރުމަށް ގޮވައިލާއ ގޮވައިލުންތަކާއި ގުޅިގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ.

ޕޫމާއިން ބުނެފައިވީނަމަވެސް އިޒްރާއިލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކާއި އެކު ޕޫމާ ބޮއިކޮޓްކުރުމަށް ދިޔައީ ގޮވާލަމުންނެވެ. އޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާގެ 18000 މީހުން ވަނީ ޝަހީދުވެފައެވެ.

ރޮއިޓާސް ނިއުސް އެޖެންސީ އަށް ފޮނުވި އީމެއިލް އެއްގައި ޕޫމާއިން ބުނެފައިވަނީ 2024 ވަނަ އަހަރަށް އެކުންފުނިން އިޒްރާއިލްގެ ފުޓުބޯޅަ ޓީމާއި އެކު ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ ކަމަށާއި، އެ އެއްބަސްވުން ދެން އައު ނުކުރާނެ ކަމަށެވެ.

އިޒްރާއިލުން ޣައްޒާގައި ހިންގަމުންދާ ޤަތުލް ޢާންމަށް 2 މަސްވެފައި ވާއިރު ދުނިޔޭގެ މަޝްހޫރު ބްރޭންޑް ތަކުގެ ތެރެއިން އިޒްރާއިލަށް ވާގިވެެެރިވާ ބްރޭންޑްތަކާއި ކުންފުނިތައް ބޮއިކޮޓް ކުރުމަށް ދުނިޔޭގެ ކަންކޮޅުތަކުން ދަނީ ގޮވައިލަމުންނެވެ. އަދި މިކަމުގެ ސަބަބުން އެކުންފުނިތަކުން އަންނަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.