ނަސްރުﷲ ހުސައިން
ހަބަރު
13 Dec 2023 | 19:53
ފިޝަރީޒްގެ ކުރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ނަސްރުﷲ މަޖިލީހަށް!

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުކަން ކުރެއްވި ނަސްރުﷲ ހުސައިން މިއަހަރުގެ ރައްޔިތުންގެ މަޖިިލީހުގެ އިންތިހާބުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާކަން އިއުލާނުކުރައްވައިފިއެވެ.

ރ މަޑުއްވަރީ ހުސްނޫވިލާ ނަސްރުﷲ އަހްމަދު ވޮއިސްއާ ވާހަކަދައްކަވަމުން ވިދާޅުވީ އެމްޑީޕީގެ ފަރާތުން އޭނާ މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ނިންމެވީ ދާއިރާގެ ގޮނޑިއަށް މި ވަގުތު އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ދާއިރާގެ އިހްސާސްތަކާއި ދާއިރާގެ ރަށްތައް ދަންނަ ދާއިރާގެ ދަރިއަކަށް ކަމުގައިވާތީ ކަމަށެވެ.

މީގެ އިތުރުން މަޑުއްވަރީ ދާއިރާގެ ރަށްތަކުގެ ތަރައްގީގެ ކަންކަމުގައި ނުހަނު ގާތުން ބައިވެރިވެވަޑައިގެން މަސައްކަތްކުރައްވާފައި ވުމާއެކު، އިތުރަަށް މަޑުއްވަރީ ދާއިރާއަށް ޚިދުމަތްކުރެއްވުމަށް ބޭނުންފުޅުވާތީ ކަމަށެވެ.

މީގެ ކުރިން ނަސްރުﷲ ވަނީ އެމްޑީޕީގެ މަސްވެރިންގެ ގޮފީގެ ރައީސްކަމުގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި މަޑުއްވަރީ ރަށު ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. 

އެހެންކަމުން، ކެންޑިޑޭޓް ހިޔާރު ކުރުމުގައި ޕާޓީއަށް ކުލުނުހުރި ދާއިރާދެކެ ލޯބިވާ ދާއިރާއަށް ޚިދުމަތްތެރި ދާއިރާގެ ދަރިޔަކަށް ބެލުމަށް މަޑުއްވަރީ ދާއިރާގެ އެމްޑީޕީ މެންބަރުންނަށް ނަސްރުﷲ ވަނީ އިލްތިމާސްކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.