އީވާ އަބްދުﷲ-- ފޮޓޯ: މަޖިލިސް
ހަބަރު
13 Dec 2023 | 22:40
މިކަން މިކުރަނީ ކަނޑައެޅިގެން ފަސްޓް ލޭޑީއަށް ފުރައްސާރަކުރަން: އީވާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިވިލް ސާވިސްގެ ވަޒީފާގައި ހުންނަވަނީ ގާނޫނާއި ހިލާފަށްކަމަށް ބުނެ، އެ ކަމަނާއާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ އެ ކަމަނާއަށް ފުރައްސާރަކުރުމަށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މެޑަމް ސާޖިއާއެކު ސީއެސްސީން ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށް ގޮވާލާ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

"ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއިން ވެސް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަނީ މިކަން ބަލަމުން. އެއް ކަމަކަށް ކޮމިޓީއަކުން ރަނގަޅަށް ބަލަމުން ދާއިރު، ކުއްލިއަކަށް މި ކުއްލި މައްސަލައަކަށް ވެގެން މަޖިލީހުގެ ތަޅުމަށް ގައުމާއި، ސަރުކާރާއި ރައްޔިތުންގެ ސަމާލުކަމަށް ގެނެސްގެން ބަހުސެއް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފެނިގެން ކުއްލި މައްސަލައެއްގެ ގޮތުގައި އަނެއްކާ އެމްޑީޕީން މި މައްސަލަ ލައިގެން ކުރިއަށް ގެންދަންވީ ސަބަބު އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ."

އީވާ ވިދާޅުވިއެވެ.

މެންބަރު އީވާ އިތުރަށް ވިދާޅުވީ ސިވިލް ސާވިސްގެ މުއައްޒަފަކު މިވަގުތު ފަސްޓް ލޭޑީއަކަށް ހުންނެވުމުން، އެކަމުގައި ކުރިއަށް ދާނެ ގޮތެއް އެ އިދާރާއިން ވިސްނަން ޖެހޭކަމަށެވެ. އަދި ވިދާޅުވީ ރައީސެއްގެ އަނބިކަނބަލުން މަސައްކަތްކުރައްވަންވީ، ވަޒީފާ އަދާކުރައްވަންވީ ނުވަތަ އާމްދަނީ ލިބެންވީ ކޮންގޮތަކަށްތޯ ވެސް ވިސްނަންޖެހޭ ކަމަށެވެ. 

5 އަހަރުގެ މުއްދަތަކަށް ފަސްޓް ލޭޑީއަކަށް ވެވަޑައިގެންނެވުމާ އެކު ވަޒީފާ މެދުކަނޑާލަން ޖެހުމުން ތާއަބަދަށް އެ ވަޒީފާ ގެއްލެންވީތޯ ވެސް އީވާ ވަނީ ސުވާލު އުފައްދަވާފައެވެ. އެހެންކަމުން މެޑަމް ސާޖިއަށް ދޭންވީ ނޯޕޭ ލީވެއްތޯ ނޫނީ މެޑަމް ސާޖި އެ މަގާމާއި ވަޒީފާއިން މިވަގުތަށް ސަސްޕެންޑް ވެވަޑައިގަންނަވަންތޯ މިއީ ވެސް ވިސްނަންޖެހޭ ކަންކަން ކަމުގައި އީވާ ވިދާޅުވިއެވެ.

މިމަައްސަލައަށް ވުރެ މާ މުހިންމު މައްސަލަތައް ހުރިކަމަށް ވިދާޅުވެ މަޖިލީހަށް ކުއްލި މައްސަލައެއް ގޮތުގައި މިމައްސަލަ މިގޮތަށް ލައިގެން މިކަން މިކުރަނީ ކަނޑައެޅިގެން ފަސްޓް ލޭޑީއަށް ފުރައްސާރަކުރަން ނޫން ގޮތަކަށް ސިފަނުވާކަމަށް ވިދާޅުވެ އީވާ ވަނީ ފާޑުވިދާޅުވެފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަދާކުރައްވަމުން ގެންދެވި ސީނިއާ ސައިންޓިފިކް އޮފިސަރުގެ ވަޒީފާގައި ދެމިހުންނެވުމަށް ފަސްޓް ލޭޑީ ސާޖި އެދިވަޑައިގަންނަވާތީ އެ ފުރުސަތު ދެއްވުމުގެ ގޮތުން ސީއެސްސީން ހާއްސަ އުސޫލެއް ހަމަޖައްސައިދޭ ކަމަށް ބުނެ، އެ ކޮމިޝަންގެ މެންބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވެސް ވަނީ ހާޒިރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.