ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
14 Dec 2023 | 12:52
ދަރިން ހޯދުމަށް ކުރާ ފަރުވާ އާސަންދާގައި ހިމެނޭ ގޮތަށް ޤަވާއިދު އިސްލާޙުކޮށްފި

ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ އާސަންދަ ސްކީމުގައި ހިމެނޭ ގޮތަށް، ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ޤަވާއިދު އިސްލާޙުކޮށްފިއެވެ.

މިއަދު މި އިސްލާހު ގެޒެޓުކޮށް ޢަމަލު ކުރަން ފަށާފައިވާއިރު، ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ ނުވަތަ އިންފަރޓަލިޓީއާ ގުޅޭ ޚިދުމަތްތައް އާސަންދަ ސްކީމުގެ ދަށުން ލިބިނުދެވޭނެ ޚިދުމަތެއްގެ ގޮތުގައި ލިސްޓުކޮށްފައި އޮތް ބައި ވަނީ އުވާލާފައެވެ.

އޭގެ އިތުރުން، ހުސްނުވާ އާސަންދައިގެ ސްކީމް ހިންގުމުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ނ) ގައި ސްކީމުގެ ދަށުން ލިބި ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ޚިދުމަތްތައް ފިޔަވައި ދެން ހުރި ޚިދުމަތްތައް އެކަމާ ގުޅިގެން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ފޯރުކޮށްދެވިދާނެ ކަމަށާއި، އަދި މި އުސޫލުތައްވެސް އާންމުކޮށް ޝާއިޢު ކުރަންވާނެކަމަށް މި އިސްލާޙުގައި ބުނެއެވެ.

އިންފަރޓަލިޓީއަށް އާސަންދައިން ޚަރަދުކުރާ ގޮތަށް އުސޫލު ބަދަލު ކޮށްފައި މިވަނީ، ދަރިމައިވުމުގެ ފަރުވާއާއި ގުޅުންހުރި ޚިދުމަތްތައް އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިމަހު 5 ވަނަ ދުވަހު އޮތް ކެބިނެޓް ބައްދަލުވުމުން ނިންމުމާއިއެކުއެވެ. 

ކެބިނެޓް ބައްދަލުވުމަށްފަހު، ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް މި ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެކަން ފާހަގަކުރައްވާފައެވެ. އަދި އެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އައިޖީއެމްއެޗުގައި ހުންނަ ފާޓިލިޓީ ސެންޓަރު ވެސް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ ފާޓިލިޓީ ޚިދުމަތްތައް ފުޅާކުރުމަށް އަންނަ އަހަރު ބަޖެޓްގައި 30 މިލިޔަން ރުފިޔާގެ ފާޓިލިޓީ ފަންޑެއް ހިމަނާފައިވާނެ ކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.