އާސަންދައިން ބޭސް ލިބޭ ބޭސް ފިހަރާއެއް-- ފޮޓޯ/އަވަސް
ހަބަރު
15 Dec 2023 | 11:14
ވަކި ބްރޭންޑެއްގެ ބޭހެއް ޑޮކްޓަރ ލިޔެދީފައިވާ ނަމަ، އެ ނޫން ބްރޭންޑެއް އާސަންދައިން ނުދެވޭ ގޮތް ހަދައިފި!

ބަލިމީހާއަށް ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ވަކި ބްރޭންޑެއްގެ ބޭސް ދޫކުރުމަށް އަންގައިފައިވާނަމަ ފާމަސީތަކުން ބަލިމީހާއަށް ވިއްކަން ވާނީ ސީދާ އެ ބްރޭންޑުގެ ބޭސްކަމަށާއި، އެދިފައިވާ ބްރޭންޑު ނޫން އެހެން ބްރޭންޑެއްގެ ބޭސް ދޫކޮށްގެން ހިނގާ ޓްރާންސެކްޝަންތަކަށް ފައިސާ ދޫނުކުރާނެކަމަށް އާސަންދަ ކުންފުނިން ބުނެފިއެެވެ.

އިއްޔެ އާސަންދައިން ނެރުނު ސަކިޔުލާއެއްގައި ބުނީ، އަސަންދާ ސްކީމްގެ ދަށުން ޑޮކްޓަރުން ބޭސް ލިޔެދޭއިރު، ބަލި މީހާއަށް ވަކި ބްރޭންޑެއްގެ ބޭސް ދޫކުރަން ޑޮކްޓަރު ބޭނުންވާނަމަ އެ ފަަދައިން ބޭސް ސިޓީގައި ސާފުކޮށް ލިޔަންވާނެކަމަށެވެ. އަދި އެ ބްރޭންޑުގެ ބަދަލުގައި އެހެން ބްރޭނޑެއްގެ ބޭސް ނުދިނުމަށްވެސް ސިޓީގައި އެދެން ވާނެ ކަމަށް ބުނެފައިވެއެވެ.

އަދި އެ ފަދައިން ވަކި ބޭހެއް ނޫން އެހެން ބޭހެއް ނުދިނުމަށް ޑޮކްޓަރު އެދިފައިވަނިކޮށް ބޭސް ފިހާރައިން އެ ނޫން ބްރޭންޑަކުން އެ ބޭސް ދޫކޮށްގެންނުވާނެކަމަށް ވެސް އެ އެ ސާކިޔުލާގައި ބުނެފައިވެއެވެ. 

އަދި އެ ބްރޭންޑުގެ ބޭސް، އެ ބޭސް ފިހާރައެއްގައި އާސަންދަ ސްކީމުގެ ތެރެއިން ދޫކުރެެވެން ނެތްނަމަ ބޭސް ނަގަންދާ މީހާއަށް އެކަންވެސް އޮޅުން ފިލުވައިދޭންވާނެކަމަށް އާސަންދައިން ބުނެފައިވެ އެވެ.

މިއާއެކު އެ ސާކިޔުލާގައި ބުނީ، ބޭހުގެ އިންސްޓްރަކްޝަންގައި ވަކި ބްރޭންޑެއް ދޫކުރުމަށް ޑޮކްޓަރު ނުލިޔުއްވައިހާ ހިނދަކު ބޭސް ފިހާރައިން ބިލްކުރަންވާނީ ބޭސް ފިހާރައިން ބަލި މީހާއަށް ދޫކުރި ބްރޭންޑަށް ކަމަށެވެ.

އަދި ޑޮކްޓަރު ލިޔުނު ބްރޭންޑުގެ ބޭސް އެއްވެސް ބޭސް ފިހާރައަކުން ނުލިބިއްޖެނަމަ ބޭސް ބަދަލުކުރުމަށް ބަލި މީހާ ޑޮކްޓަރު ކައިރިއަށް ދާންވާނެކަމަށް ވެސް އާސަންދައިން ބުންޏެވެ.

މިއާއެކު އެ ސާކިޔުލާގައި ބުނީ، ވަކި ބްރޭންޑެއް ދޫކުރުމަށް ޑޮކްޓަރުން އެދޭ ހާލަތުގައި އެ ނޫން ބްރޭންޑެއްގެ ބޭހެއް ބޭސް ފިހާރައިން ދޫކޮށް، އާސަންދައަށް ބިލްކޮށްފިނަމަ އެފަދަ ޓްރާންސެކްޝަންތައް އާދިއްތަ ދުވަހުން ފެށިގެން ރިޖެކްޓުކުރާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.