ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒާއި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
15 Dec 2023 | 15:04
54 މެންބަރުންގެ ވޯޓުން ރައީސް އަޒުލު ކުރެވޭ ގޮތް ހަދަނީ؛ އެމްޑީޕީ 55 މެންބަރުން އެބަތިބި!

54 މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލު ކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ހުށަހެޅުން އާންމު ކޮމެޓީން އިއްޔެ ފާސްކޮށްފި އެވެ.

އިއްޔެ ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ރައީސް އާއި ނާއިބު ރައީސް އަޒުލު ކުރުމާއި، އަދި މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާނެ ގޮތާއި ގުޅޭ ގޮތުންވެސް މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. 

އެގޮތުން، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރު، މެންބަރުން އިސްތިއުފާ ދިނުމުން ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެ ހުސްވެފައިވާ ގޮނޑިތަކާ ނުލައި މެންބަރުންގެ އަދަދު ގުނުމަށް ހުށަހަޅާފައެވެ. 

އައު ސަރުކާރުގެ މަގާމް ތަކާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ޕީޕީއެމް/ޕީއެންސީ މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ، މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރު 80 އަށް އަރާފައިވާއިރު، މެންބަރުންގެ ޖުމުލަ އަދަދަކީ 87 ކަމަށް ބަލަމުންދާތީ މަޖިލީހުގެ ތަޅުމުގައިވެސް މެންބަރު ޝިފާއު މީގެ ކުރިން ނުރުހުން ފާޅުކުރައްވާފައިވެއެވެ. 

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49، 202 އަދި 203 ވަނަ މާއްދާއަށް މިހާރު އޮތް ގޮތުން، އަދި 19 ވަނަ މަޖިލީހުގެ މިހާތަނަށް ޢަމަލު ކުރެވެމުންވެސް އަންނަ ގޮތުން، މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު ގުނާނީ އެ ދައުރެއްގެ ޖުމްލައަށް ބަލައިގެންނެވެ. އެގޮތަށް ބަލާ ނަމަ، މި ހިނގާ 19 ވަނަ މަޖިލީހުގައި މެންބަރުންގެ ޖުމްލަ އަދަދަކަށް ވާނީ 87 މެމްބަރުންނެވެ. 

ވުމާއެކު، މި ގަވާއިދު ބަދަލު ކުރުމަށް ޝިފާއު ހުށަހަޅުއްވާފައި ވާއިރު، އޭނާގެ ހުށަހެޅުމާ ގުޅިގެން ކޮމިޓީން ފާސްކުރީ؛ 

• ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެ ވަގުތު މަޖިލީހުގެ މެމްބަރުކަމުގައި ދެމިތިބި މެމްބަރުންގެ ޖުމްލަ އަދަދަށް ކަން

• މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވި އެ ދާއިރާގެ ގޮނޑި ނުގުނުން 

އެހެންކަމުން، މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި ދެން ބަލާނީ 80 މެންބަރުން ތިބި ކަމަށެވެ.

އެހެން ކަމަށް ވާނަމަ، ދެން ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރުމަށް ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. 

އެހެނީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރަން ގަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު އެވެ. އަދި ރައީސާއި ނާއިބު ވަކި ކުރެވޭނީ ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ. 

މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 87 ކަމުގައި ބަލާ ނަމަ، ރައީސާއި ނާއިބު ރައީސް އަޒުލު ކުރެވޭނީ 58 މެންބަރުންގެ ވޯޓެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލާނަމަ، އެއީ 54 މެންބަރުންނެވެ. 

އެހެންކަމުން، މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސް އާއި ނާއިބު ރައީސް މަގާމުން ވަކި ކުރެވުދާނެ އެވެ. އެ ޕާޓީގައި މިހާރުވެސް 55 މެންބަރުން އެބަ ތިއްބެވެ. 

ކަންމިހެން ހުރި ނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމަކީ، ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މި ހިނގާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 އެވެ. 

އަދި މަޖިލީހުގެ ގަވާއިދަށް ގެނެވޭ އިސްލާހެއް މެދުވެރިކޮށް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާއަކަށް މުޅިން އާ މާނަކުރުމެއް މަޖިލީހުގެ މެމްބަރުންނަކަށް ނުގެނެވޭނެ ކަމަށް ހަމަ އެ ގާނޫނު އަސާސީގައި ވާއިރު، އެކަން ކުރުމުގެ ބާރުލިބެނީ ގާނޫނުއަސާސީގެ 274 ވަނަ މާއްދާއިން ހަމައެކަނި ސްޕްރީމް ކޯޓަށް ކަމަށްވެސް ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
07 Jul 2026
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓް ލިބޭނެ ގޮތް ހަދައިފި
މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފަ އެެވެ.
07 Jul 2026
ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުން: މެޑަމް ސާޖިދާ
ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
07 Jul 2026
އީޔޫއާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
އެ ސިޓީފުޅު އިއްވެވުމަށް ފަހު ދިޔާނާގެ ނަން ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.