މުހައްމަދު އިސްމާއިލް-- ފޮޓޯ/ވޮއިސް
ހަބަރު
17 Dec 2023 | 11:29
"ރައީސް ޢަޒުލު ކުރަން ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ހުރިހާ ދިވެހިން މަޖިލިސް ކައިރީ އިހްތިޖާޖު ކުރަންޖެހޭ"

ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް، އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނިވެސް މަޖިލީހުގެ ތެރެއިން ވަކި ކުރެވޭ ގޮތަށް އެޕާޓީން ހުށަހެޅި އިސްލާހާއި ދެކޮޅަށް، މަޖިލިސް ކުރާގޭ ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާރ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. 

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެމްޑީޕީ މެންބަރުންގެ ވޯޓުން، ރައީސާއި ނާއިބު ރައީސް އަޒުލު ކުރެވޭ ފަދަ ގޮތަކަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށް ބުރާސްފަތި ދުވަހު އާއްމު ކޮމިޓީން ނިންމި ނިންމުމާއި ގުޅިގެން، މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒާއި، ދިވެހިރާއްޖޭގެ އެންމެމަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމް ހަވާލު ކުރީ އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހުން ނޫން ކަމަށެވެ.

އެހެނެއް ކަމަކު އެމަގާމް، އެމަނިކުފާނާއި ހަވާލު ކުރީ ދިވެހިރައްޔިތުން ކަމަށެވެ.

މިއާއެކު މުހައްމަދު ވިދާޅުވީ، ރައީސް އާއި ނާއިބް އަޒުލު ކުރެވޭ އިސްލާހަކީ ޑިމޮކްރަސީގެ އަސާސްތަކާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ރޫހާއި ވެސް ހިލާފަށް އެމްޑީޕީން ފާސްކޮަށްފައިވާ އިސްލާހެއް ކަމަށާ، އެކަމާއި ދެކޮޅަށް އިހްތިޖާޖު ކުރަންޖެހޭ ކަމަށެވެ. 

ޑިމަކްރަސީގެ އަސާސްތަކާ ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ރޫހާހިލާފައް މަޖިލިސްގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެ ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމުގެ ގާނޫނަށް ސުޕުރިމްކޯޓްގެ ބާރު ކެނޑޭގޮތައް ހުށައަޅާފަވާ އިސްލާހާ ދެކޮޅައް ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން އެކުގަ ނުކުމެ މަޖިލިސްކުރާގެކޮޅު ކައިރީ ސުލްހަވެރި ދިގުދެމިގެންވާ އިހުތިޖާޖްތަކެށް ކުރަންޖެހޭ

މުހައްމަދު އިސްމާޢީލް 

އާއްމު ކޮމިޓީއަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވައި، ކޮމިޓީން ފާސްކުރި އިސްލާހުގައި ބުނީ،

• ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެ ވަގުތު މަޖިލީހުގެ މެމްބަރުކަމުގައި ދެމިތިބި މެމްބަރުންގެ ޖުމްލަ އަދަދަށް ކަން

• މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވި އެ ދާއިރާގެ ގޮނޑި ނުގުނުން 

އެހެންކަމުން، މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި ދެން ބަލާނީ 80 މެންބަރުން ތިބި ކަމަށެވެ.

އެހެން ކަމަށް ވާނަމަ، ދެން ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރުމަށް ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. 

އެހެންކަމުން، މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސް އާއި ނާއިބު ރައީސް މަގާމުން ވަކި ކުރެވުދާނެ އެވެ. އެ ޕާޓީގައި މިހާރުވެސް 55 މެންބަރުން އެބަ ތިއްބެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.