މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ހަބަރު
18 Dec 2023 | 10:57
މަޖިލީހުގެ ދައުރު އަނެއްކާވެސް ދަންމާލަނީ!

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރު ތިންވަނަ ފަހަރަށް ދަންމާލަން ވޯޓަށް އަހަން ނިންމައި އެކަން އިއުލާން ކުރައްވައިފިއެވެ. 

ދައުރު ދަންމާލަން ނިންމާފައި ވަނީ، މިއަދު މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތް ކެބިނެޓުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ނުގެންދެވުމުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވިއެވެ. 

މިއަދުގެ ޖަލްސާ އަކީ 2023 ވަނަ އަހަރު ތިން ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ ކަމަށް އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނެ މީގެ ކުރިން. އެހެންނަމަވެސް، (ރުހުން ދިނުމުގެ) ރިޕޯޓާއިމެދު ކޮމިޓީން ގޮތެއް ނިންމައި، މިދައުރު ތެރޭގައި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލައަށް ގޮތެއް ނިންމުމަށްޓަކައި އަޅުގަނޑު ގަސްތުކުރަނީ މިއަދު ވޯޓަށް އަހާއިރު ދައުރު ދަންމާލަން ވޯޓަށް އަހަން

މުހައްމަދު އަސްލަމް 

މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ނުގެންދެވުނީ އެ މައްސަލަ އާއި ގުޅިގެން ކޮމިޓީން އެކުލަވާލި ރިޕޯޓް ފުރިހަމަ ނުވާތީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެކަން މިއަދުގެ ޖަލްސާގައި ފާހަގަ ކުރެއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. 

އެގޮތުން ހިސާން ވިދާޅުވީ، ސަރުކާރުން އުފައްދަވާ މިނިސްޓްރީ ތަކާއި ކުންފުނި ތަކުގެ މެންޑޭޓަކީ މަޖިލީހުން ދިރާސާކޮށް ފާސް ކުރަންޖެހޭ ކަންކަން ކަމަށާ، އަދި މިހާތަނަށްވެސް ސަރުކާރުގެ މިނިސްޓްރީތަކުގެ މެންޑޭޓް މަޖިލީހަށް ހުށަހެޅި ފާސްކޮށްފައި ނުވާ ކަމަށެވެ. 

އަދި މިނިސްޓަރުންނަށް ރުހުން ދިނުމުގައި، އެ މިނިސްޓަރުންގެ މިނިސްޓްރީގެ މެންޑޭޓް ތަކަށް ބަލަންޖެހޭއިރު، މެންޑޭޓް ފާސް ނުކުރާ މިނިސްޓްރީ ތަކެއްގެ މިނިސްޓަރުންނަށް ރުހުން ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރުހުން މި ދެނީ އެ ބޭފުޅުން (މިނިސްޓަރުން) ކޮން މަސްޢޫލިއްޔަތު ތަކެއް އަދާ ކުރުމަށް ނުވަތަ ނުކުރުމުގެ ގާބިލިއްޔަތުކަން ހުރެގެން ނުވަތަ ނެތީގެންކަން ރިޕޯޓުން ސާފު ނުވާތީ. އަދި ކޮމިޓީއަށް އެ މަރުހަލާގައި ރިޕޯޓް ފޮނުވާފައި ނެތީމާ، އެއީ ދިރާސާ ކުރެވޭނެ ކަމެއް ވެސް ނޫން

ހިސާން ޙުސައިން 

މީގެ އިތުރުން، މަޖިލީހުން ރުހުންދޭ ކޮމިޓީ ރިޕޯޓު ގައި ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް، ނުވަތަ ނުދިނުމަށް ބަޔާން ކޮށްފައިވާން ޖެހޭއިރު، އެ ރިޕޯޓްގައި އެފަދައިން ބަޔާންކޮށްފައި ނެތް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. 

ކޮމެންޓް
އެހެނަސް
އެމްޑީޕީ އަކީ މިކަހަލަ އަޑި ނުބައި ރޭވުންރާވާ ބައެއް ކޮންމެ ހެން ރުހުން ނުދެވިގެނެއް ނޫން ވެރިކަން ގެއްލުނީމަ ހަޖަމު ނުވީ
18 Dec 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.