އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު-- ފޮޓޯ/ މަޖިލިސް
ހަބަރު
18 Dec 2023 | 12:07
ރައީސުލްޖުމުހޫރިއްޔާ އަޒުލްކުރަން ޖެހޭ؛ އެ މައްސަލަ އެމްޑީޕީގެ ޕީޖީއަށް ހުށަހަޅާނަން: ޝިފާއު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އަޒުލްކުރަން ޖެހޭ ކަމަށާ، އެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމުގައި އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެމްބަރު ޝިފާއު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން އަޒުލުކުރެވޭފަދަ ގޮތަށް މަގުފަހިވާ ގޮތަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާގޮތަށް، މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށް ހުށަހެޅިފައިވާ މައްސަލަ އަށް ބަހުސް ކުރައްވަމުން، ޝިފާއު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ޝަރުޢީ ނިޒާމަށް އަތް ބާނުއްވަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ..

އެގޮތުން ކުރީގެ ރައީސް ޔާމިނަކީ ވެރިކަމަށް ހުރި ބިރެއްކަމަށް ބައްލަވައި، އެމަނިކުފާނަކީ ގައުމީ ސަލާމަތަށް ހުރި ނުރަކަލެއްކަމަށް ކަނޑައަޅުއްވަައި، ޖަލުގެ ތޭރިތަކުގައި އެމަނިކުފާނު ތާށިކޮށްފައި ބެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށް ޝިފާޢު ތުހުމަތު ކުރެއްވިއެވެ. 

އިއްޒަތްތެރި ރައީސް. އެ ރައީސުލްޖުމުހޫރިއްޔާ ރައީސްކަމަށް ހޮވީ ހުސްގޮނޑީގެ ނަން ޖަހައިގެން އެހުސްގޮނޑިއައްޓަކާ ވޯޓުދިން އެތައް ރައްޔިތުންނެއް އަޅުގަޑުމެން ކައިރީ އެބަ ބުނެއޭ ކޮއްކޯއޭ އަވަސްކުރާކަށް ނުވޭހެއްޔޭ، ކީއްވެހޭ ފަސްތިކުރަނީ، ކީއްވެހޭ ލަސް ތިކުރަނީ.. އިއްޒަތްތެރި ރައީސް، މި ހުށަހެޅުނު އިސްލާހާ ގުޅިގެންވެސް، އަދި ދިވެހި ރައްޔިތުން އެ ފާޅުކުރަމުންދާ ޚިޔާލުތަކާއެކު އަޅުގަޑަށް ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މި ރައްޔިތުންގެ މަޖިލިހުން ކުރަންޖެހޭ އެންމެ މުހިންމު، އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިހާރު ރައީސުލްޖުމުހޫރިއްޔާ އަޒުލްކުރުމުގެ މަސައްކަތް ކަމުގަ. އަޅުގަޑު އިރާދަކުރެއްވިއްޔާ އަޅުގަޑުމެންގެ ޕާލަމެންޓްރީ ގުރޫޕަށް އެމައްސަލަ ހުށަހަޅާނަން.

މުހައްމަދު ޝިފާއު

ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން އަޒުލުކުރެވޭފަދަ ގޮތަށް މަގުފަހިވާ ގޮތަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާގޮތަށް، މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށް ޢާއްމު ކޮމިޓީއަށް ހުށަހެޅުއްވީވެސް މެންބަރު ޝިފާއު އެވެ. 

ޝިފާއު ހުށަހަޅުއްވައި، ކޮމިޓީން ފާސްކުރި އިސްލާހުގައި ބުނީ،

• ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެ ވަގުތު މަޖިލީހުގެ މެމްބަރުކަމުގައި ދެމިތިބި މެމްބަރުންގެ ޖުމްލަ އަދަދަށް ކަން

• މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވި އެ ދާއިރާގެ ގޮނޑި ނުގުނުން 

އެހެންކަމުން، މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި ދެން ބަލާނީ 80 މެންބަރުން ތިބި ކަމަށެވެ.

އެހެން ކަމަށް ވާނަމަ، ދެން ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރުމަށް ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. 

މަޖިލީހުގެ ތަޅުމުން މި މައްސަލަ ފާސްވެއްޖެ ނަމަ ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސް އާއި ނާއިބު ރައީސް މަގާމުން ވަކި ކުރެވުދާނެ އެވެ. އެ ޕާޓީގައި މިހާރުވެސް 55 މެންބަރުން އެބަ ތިއްބެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.