މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް
ހަބަރު
18 Dec 2023 | 15:23
އެމްޑީޕީގެ ވޯޓުން އެކަނި، އަވަސް މަރުހަލާއެއްގައި ރައީސް ވަކިކުރެވޭ ގޮތް ހަދައިފި!

މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނި، އަވަސް އަދި ފަސޭހަ މަރުހަލާއެއްގައި ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް މަގާމުން ވަކި ކުރެވޭ ގޮތަށް މަޖިލީހަށް ހުށަހެޅުނު އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާ އިން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާއި 203 ވަނަ މާއްދާ އަދި 49 ވަނަ މާއްދާ އިސްލާހުކުރަން އާންމު ކޮމިޓީން ނިންމި ނިންމުމެވެ.

އެގޮތުން މަޖިލީހުގެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. 

ޢާޒިމްގެ އިސްލާހުގައި ވަނީ؛

• ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސާއި ނައިބު ރައީސަށް ދިނުން އަދި 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ ފުރަތަމަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހެޅުން

• ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު

• އެ މައްސަލަ ތަޅުމުން ފާސްވުމުން ފޮނުވަން ޖެހޭ ކޮމިޓީގައި ކުރިން ތިބެން ޖެހޭ ކަމަށް ބަޔާންކުރާ 11 މެންބަރުންގެ އަދަދު ހަތަކަށް މަދުކުރުން

• އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީއެއް ތަމުސީލުވާން ނުޖެހޭ ގޮތް ހެދުން

ޢާޒިމްގެ އިސްލާހަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވަނީ އިތުރު އިސްލާހެއް ހުށަހަޅުއްވާފައެވެ.

އެއީ ކޮމިޓީއަށް ހާޒިރުވެ، ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށާއި، ކޮމިޓީއަށް ހާޒިރުކުރުމުގެ ކުރީގައި މަދުވެގެން ދެ ގަޑިއިރުގެ ނޯޓިހެއް ފޮނުއްވުމަށެވެ. 

މީގެ އިތުރުން، ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު، ފަސް ދުވަހުގެ ތެރޭގައި ރިޕޯޓެއް އެކުލަވައިލާ މަޖިލީހުގެ ރައީސަށް ފޮނުވައި އެ ރިޕޯޓަށް ލިޔުމުން ޖަވާބުދާރީވާން ރައީސާއި ނައިބު ރައީސަށް ދެ ދުވަހުގެ ފުރުސަތެއް އަރުވަން ވަނީ ހުށަހަޅައިފައެވެ. 

ހިސާންގެ އިސްލާހާ އެކު މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމާ މެދު ވޯޓަށް އެހުމުން  އެ އިސްލާހު ފާސްކުރަން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެން 55 މެންބަރުންގެ ތެރެއިން 44 މެންބަރުން ވަނީ އިސްލާހު ފާސްކުރަން ވޯޓުދެއްވައިފައެވެ. އިސްލާހާ ދެކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.

ހަމައެކަނި އެމްޑީޕީ މެންބަރުންނަށްވެސް ރައީސް އަޒުލު ކުރެވޭ އިސްލާހު

އެމްޑީޕީ މެންބަރުންނަށް އެކަނިވެސް ރައީސާއި ނާއިބު ރައީސް އަޒުލު ކުރެވޭގޮތަށް މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ. 

ޝިފާޢުގެ އިސްލާހުގައި ބުނެފައިވަނީ 19 ވަނަ މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާއިރު މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އެހެން ކަމުން އޭނާ އިސްލާހު ހުށަހެޅުއްވީ އިސްތިއުފާ ދެއްވި މެންބަރުން ނުލައި މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމަށެވެ. 

އެ އިސްލާހު ފާސްކުރަން ހާޒިރުވެތިއްބެވި 63 މެންބަރުންގެ ތެރެއިން 42 މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 21 މެންބަރުން ވޯޓުދެއްވިއެވެ.

މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައި ކޮށްފައި ތިން ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

ނަމަވެސް ޝިފާއުގެ އިސްލާހު ފާސްވުމާއި އެކު ދެން 54 މެންބަރުންގެ ވޯޓުން ވެސް ރައީސް އާއި ނާއިބު ރައީސް އަޒުލު ކުރެވޭނެ އެވެ. އެމްޑީޕީގައި މިވަގުތު 55 މެންބަރުން އެބަ ތިއްބެވެ. 

މި އިސްލާހަކީ ގާނޫނު އަސާސީ އާއި ޚިލާފު އިސްލާހެއް ކަމަށް ބުނެ އެމްޑީޕީ ފިޔަވައި ދެން ތިބި ހުރިހާ ޕާޓީއެއްގެ މެންބަރުންވެސް ވަނީ ވަކާލާތުކޮށްފައެވެ.

ކޮމެންޓް
ޢައްލެއު ަޅޮ
ބަލަގަ އެއަކީ އެމް.ޑީ.ޕީ. އެކަނި ވޯޓް ދީގެން ހޮވާފަ ހުރި ރައީސެއް ނޫން. ޢެއީ ރާއްޖޭގެ ރައްޔިތުން ހޮވި ވެރިއެއް. ޢެމް.ޑީ.ޕީ ބޭނުންހާ ކުޅިއެއް މިގައުމަކު ނުކުޅެވޭނެ.
18 Dec 2023
މޯޑް
މަޖުލިސް އުވާލުމުގެ ބާރުވެސް ރައީސައްލިބޭގޮތައް ހަދަންޖެހޭ
18 Dec 2023
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.