ކީ ސްޓޭޖް އެކެއްގެ ދަރިވަރުންގެ ހުރިހާ މާއްދާތަކެއް ދިވެހިބަހުން؟

06 Mar 2019 | 12:39

ކީ ސްޓޭޖް އެކެއްގައި ހިމެނޭ ގްރޭޑްތަކުގެ ދަރިވަރުންގެ ހުރިހާ މާއްދާތައް ދިވެހި ބަހުން ކިޔަވައިދިނުމަށް މަޝްވަރާކުރަން ފަށައިފިއެވެ.

ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކީ ސްޓޭޖް އެކެއްގައި ހިމެނޭ، ކުދިންނަށް ދިވެހި ބަހުން ކިޔަވައިދެވޭނެ ގޮތަކަށް މަންހަޖަށް ބަދަލު ގެނައުމަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާތީ، އެކަމާ ގުޅޭގޮތުން މިހާރު މަޝްވަރާތައްކޮށް، ދިރާސާކުރުމަށް ގަސްދުކުރައްވާ ކަމަށެވެ.

ކީސްޓޭޖް އެކެއްގައި ހިމެނެނީ ގްރޭޑް 1-3 އެވެ.

ކީ ސްޓޭޖް އެކެއްގެ އިތުރުން އެހެން ގްރޭޑްތަކުގެ ކުދިން ސޯޝަލް ސްޓަޑީޒް ނުވަތަ އިޖްތިމާއީ އިލްމުގެ މާއްދާ ކިޔަވާއިރުގައިގައިވެސް ދިވެހި ބަހުން ކިޔަވައިދިނުމަށް މަޝްވަރާ ކުރެވެމުންދާކަމަށް އެކަމަނާ ރޭ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިއީ މަންހަޖަށް ގެންނަން ޖެހޭ ބަދަލެއް ކަމުން އެކަމާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް އަދި މަޝްވަރާތައް ކުރުމަށް ފަހު ނޫނީ ބަދަލެއް ނުގެންނާނެކަމަށެވެ.

Advertisement

ކޮމެންޓް