މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
19 Dec 2023 | 16:03
ކައުންސިލް އިދާރާތައް ހުރީ ޢުމްރާނީ ގޮތުން ތަރައްގީނުވެ، އެކަން ހައްލުކުރަން މަސައްކަތް ކުރާނަން: ޝަރީފް

ގިނަ ރަށްރަށުގައި ހުރި ކައުންސިލް އިދާރާތައް ހިންގަމުން އަންނަ އިމާރާތްތައް ހުރީ "ވިރާނާ" ވާން ފަށާފައި ކަމަށާއި، އެކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ސިޓީތަކާއީ، އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

ސިޓީތަކާއީ، އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކައުންސިލްތަކާއެކު މިހާތަނަށް ބޭއްވުނު ބައްދަލުވުންތަކުން އެ ކައުންސިލްތަކުން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް އާދަމް ޝަރީފް ވަނީ ހިއްސާކުރައްވާފައެވެ. 

އެގޮތުން، ޝަރީފު ވިދާޅުވީ، ލާމަރުކަޒީ ނިޒާމާއެކު ރަށު އޮފީސްތައް ކައުންސިލްތަކަށް ބަދަލު ވެގެން އައި އިރު، ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްގީއާ ކުރިއެރުމަށް ބަޖެޓް ކަނޑައަޅައިގެން އެ މަސައްކަތް ކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. 

ކުރީގައި ކަތީބަކާއި ކުޑަ ކަތީބެއް ތިއްބަވައިގެން ހިންގެވި އޮފީސްތަކަށް ފަސް ކައުންސިލަރުން، ނުވަތަ، ބައެއް ހާލަތްތަކުގައި އެއަށްވުރެ ގިނަ ކައުންސިލަރުން ވަދެ. އަދި ހަމަ އެއާއެކުގައި މި ތަހުޒީބު ވަމުންދާ ޒަމާނެއްގައި އެތަނަށް ބޭނުންވާ އެހެން ވަސީލަތްތަކެއްވެސް. އިންސާނީ ވަސީލަތްތައް އިތުރުވެގެން ދިޔައިރު، އުމްރާނީގޮތުން ކުރިއެރުންތަކެއް ނުލިބި އޮތީ. އަނެއްކާ މީގެ 30-40 އަހަރު ކުރީގެ އިމާރާތްތަކުގައި ކައުންސިލްތައް ހިންގަންވީމާ ދިމާވާ ގޮންޖެހުންތައް އެއީ އެންމެ ބޮޑު ޝަކުވާ އަކީ. 

އާދަމް ޝަރީފް ޢުމަރު

ޝަރީފް ވިދާޅުވީ، މިހާތަނަށް ރަށް ރަށަށް ކުރެވުނު ދަތުރުތަކުން، ރަށްރަށުން ފެނުނު ތަންތަނުން އެންމެ ބޮޑަށް ވީރާނާވަމުންދާ އޮފީސް އިމާރާތަކަށް ފެނުނީ ކައުންސިލް އިދާރާތައް ކަމަށެވެ. 

އެހެންކަމުން އެތަންތަން އާބާތުރަ ފިލުވުމާއި އައު އިމާރާތްތައް ބިނާ ކުރުމަކީ ކައުންސިލްތަކުން އެދެމުން އަންނަ އެންމެ ބޮޑު ކަންތައްކަމުގައި ޝަރީފު ފާހަގަކުރެއްވިއެވެ. 

އަޅުގަނޑުމެން އިރާދަކުރެއްވިޔާ، ރައީސުލްޖުމުހޫރިއްޔާގެ އަރިހަށް އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ހުށައަޅާނަން ކައުންސިލްތަކުގެ އިދާރާތައް ހަރުދަނާ ކުރުމާއި ރަނގަޅު ކުރުމުގެ މަސައްކަތް 

އާދަމް ޝަރީފް ޢުމަރު

މީގެ އިތުރުން، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ނުލިބުމާއި، އަދި އިދާރީ މުވައްޒަފުންގެ މުސާރައިގެ ހަމަހަމަ ކަން ނެތް މައްސަލައަކީވެސް އެ ތަނުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަން ޝަރީފް ފާހަގަކުރެއްވި އެވެ. 

އެހެންކަމުން، އެފަރާތްތަކުގެ މުސާރަ ހާމަނައިޒް ކުރުމުގެ މަސައްކަތަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ މަސައްކަތެއްކަމަށް ޝަރީފް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.