24 ޖޫން 2022، ރައީސް އިބްރާހީމް މުހައްމަދު ސާލިޙު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއެކު ރުވާންޑާގައި ބޭއްވެވި ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Dec 2023 | 19:28
ޗާގޯސް މައްސަލާގައި ރައީސް ޞާލިހާއި މޮރިޝަސްގެ ބޮޑުވަޒީރާ ދެމެދު ކުރެއްވި މަޝްވަރާތަކާއި ގުޅޭ ލިޔުންތަކެއް ނެތް: ސަރުކާރު

ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި މޮރިޝަސް ބޮޑުވަޒީރާއި ދެމެދު މަޝްވަރާތަކެއް ކުރެވި، އެއްބަސްވުންތަކެއް ވެފައިވާކަން އެނގެން ހުރިނަމަވެސް، އެ މަޝްވަރާކުރެވުނު ކަންކަމާއި، އެއްބަސްވެވުނު އެއްބަސްވުންތަކާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ. 

ކަނޑުން ގެއްލުނު ބައި ހޯދުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވާގޮތުން، އެ މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކުގެ ތެރެއިން ދެ ސިޓީއެއްގެ ކޮޕީ ބަންޑާރަ ނާއިބުގެ އޮފީހާ ހިއްސާ ކުރެވިފައިވެއެވެ. 

އެއީ ރައީސް ސާލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2023 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީ އާއި، އެ ސިޓީގެ ޖަވާބުގައި މޮރިޝަސްގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ރައީސް ސާލިޙަށް ފޮނުއްވާފައިވާ ސިޓީފުޅުގެ ކޮޕީއެކެވެ. 

ރައީސް އޮފީހުން ބުނީ، ރައީސް ސާލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2023 ގައި ފޮނުއްވާފައިވާ ސިޓީފުޅަކީ 24 ޖޫން 2022 ގައި ރުވާންޑާގައި ބޭއްވުނު ކޮމަންވެލްތުގެ ހެޑްސް އޮފް ގަވަރމަންޓް މީޓިންގގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ރައީސް ސާލިޙު ދެއްކެވި ވާހަކަފުޅަކަށް ޙަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީފުޅެއް ކަމަށެވެ.

ނަމަވެސް މި ބައްދަލުކުރެއްވުމުގައި ރައީސް ސާލިޙާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާކުރައްވާފައިވާ ކަންކަމާގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރައީސް އޮފީހުގެ ރެކޯޑްތަކުން ފެންނާކަށް ނެތްކަމަށް އެ ބަޔާނުގައިވެއެވެ.

24 ޖޫން 2022، ރައީސް އިބްރާހީމް މުހައްމަދު ސާލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއެކު ރުވާންޑާގައި ބޭއްވެވި ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

އަދި އދ ގެ ޖެނެރަލް އެސެމްބްލީގެ "އެޑްވައިސޮރީ އޮޕިނިއަން އޮފް ދަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއެންސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާރޗެޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ރެސޮލޫޝަން އަށް މޮރިޝަސްއާ އެއްކޮޅަށް ދިވެހިރާއްޖެއިން ވޯޓުދޭނެ ކަމުގެ ޔަޤީންކަމާ ގުޅިގެން، ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް) އަށް ދިވެހިރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި މައްސަލައާ ގުޅިގެން މޮރިޝަސްގެ ފަރާތުން އިޢުތިރާޟެއް ހުށަހަޅާފައިވާ މައްސަލައަށް ހައްލެއް ލިބޭނޭކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސް ސާލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ބަޔާންކުރައްވާފައިވީ ނަމަވެސް، އެ މައްސަލަ އާ ގުޅޭ އިތުރު އެއްވެސް ލިޔެކިޔުމެއް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރައީސް އޮފީހުގެ ރެކޯޑްތަކުން ފެންނާން ނެތް ކަމަށް އެ ބަޔާނުގައިވެއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުން މޮރިސަސްގެ ބޮޑުވަޒީރައް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީފުޅު

ރައީސް ސާލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2023 ގައި ފޮނުއްވާފައިވާ ސިޓީފުޅުގައިވާ ޢިބާރާތަށް ބަލާއިރު ދިވެހިރާއްޖެއިން މޮރިޝަސްއަށް މި ސިޓީފުޅު ފޮނުއްވާފައިވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެވަޑައިގެންކަން ދޭހަވީ ކަމުގައިވީ ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒުވީކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާކަށް ނެތެވެ. 

ރައީސް އޮފީހުގެ ބަޔާން 

މި މައްސަލަ އާއި ގުޅިގެން، ބަންޑާރަ ނާއިބު ވަނީ ދިވެހިރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާގެ މައްޗަށް ރިޢާޔަތްކޮށް ނިމިދިޔަ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅެފައިވާ ޤާނޫނީ ޕޮޒިޝަންއާއި ޢަމަލުކޮށްފައިވާގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ނިންމަވާފައެވެ.

އަދި މި މަސައްކަތް ނިމުމުން މިކަމާބެހޭ މަޢުލޫމާތު ޢާންމުކުރުމަށް ވެސް ބަންޑާރަނައިބު ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.