މައިނޯރިޓީ ލީޑަރު އަލީ އާޒިމް-- ފޮޓޯ/މަޖިލިސް
ހަބަރު
20 Dec 2023 | 12:02
ދައުލަތުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރިޔަ ނުދޭނަން: އާޒިމް

ދަޢުލަތުގެ އިސްވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ބޮޑު ކުރުމަށް އިއްޔެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ކާމިޔާބު ވިޔަ ނުދެއްވާނެ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާއި ގުޅިގެން އާޒިމް ކުރެއްްވި ޓުވީޓެއްގައި ވަނީ، ގައުމު ބަނގުރޫޓް ވުމާއި ދިމާއަށްދާ މި ދަނޑިވަޅުގައި އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. 

"ތިކަމެއް (މުސާރަ ބޮޑު) ނުކުރެވޭނެ. ވިޔަކަ ނުދޭނަން." ޢާޒިމް ވިދާޅުވި އެވެ. 

އިއްޔެ މާލިއްޔަތު ކޮމިޓީން ވަނީ މަޖިލީސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިންނާއި އެނޫންވެސް ބައެއް ފަރާތްތަކުގެ މުސާރަ ބޮޑު ކުރަން ފާސްކޮށްފައެވެ. އެގޮތުން ނިންމެވި ނިންމެވުމާއި އެކު އެލަވަންސް އަކާއި ނުލާވެސް ބޮޑު މުސާރައެއް އެފަރާތަކަށް ލިބެއެވެ.

މިބަދަލު ފާސްވެއްޖެ ނަމަ އެފަރާތްތަކަށް މުސާރަ އަކަށް ލިބޭނެ މިންވަރަކީ؛ 

ރައީސުލްޖުމްހޫރިއްޔާ 120،000ރ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު - 93،000ރ.

ވަޒީރުން - 72،000ރ.

ރައްޔިތުންގެ މަޖިލިސް މެންބަރުން - 80،000ރ.

މަޖިލީހުގެ ރައީސް - 90،000ރ.

މަޖިލީހުގެ ނައިބު ރައީސް - 88،000ރ.

އުއްތަމަ ފަނޑިޔާރު - 91،000ރ.

ގަވަރުނަރު - 74،000ރ.

އޮޑިޓާ ޖެނެރަލް - 74،000ރ.

ޕްރޮސެކިއުޓާ ޖެނެރަލް - 74،000ރ.

މޭޔަރު - 46،000ރ.

ޑެޕިއުޓީ މޭޔަރު- 40،500ރ.

ސިޓީ ކައުންސިލް މެންބަރުން 35،000ރ.

އަތޮޅު ކައުންސިލް ރައީސް 33،000ރ.

ރަށު ކައުންސިލް ރައީސް 25،500ރ.

ރަށު ކައުންސިލް ނައިބުން 20،000ރ.

ރަށު ކައުންސިލަރުން 18،000ރ.

މާލިއްޔަތު ކޮމިޓީން މުސާރަތައް ބޮޑުކުރަން ފާސްކުރި ނަމަވެސް މިކަމާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.

މާލިއްޔަތު ކޮމިޓީގެ އެ ނިންމުމާއި ދެކޮޅަށް މައިނޯރިޓީ ޕާޓީ، ޑިމޮކްރެޓްސް އިން ވަނީ ތްރީލައިން ރެޑް ވިޕެއްވެސް ނެރެފައެވެ. 

ކޮމެންޓް
އަހުމަދު
މަޖިލީހުގަ ތިބޭ މީހުންގެ މުސާރަ އުއްތަމަ ފަނޑިޔާރަށްވުރެން ބޮޑުވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން. ދައުލަތުގެ ބާރުތަކުގައި ތިބޭމީހުން އަމިއްލައެދުން އިސްކޮށް ދައުލަތް ފެލާލަން އުޅުނީމާ ޤައުމުގެ ހަމަޖެހުން ގެއްލޭނެ
20 Dec 2023
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.