ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް މިއަދު ރައީސާއި ބައްދަލުކުރެއްވުން: ފޮޓޯ؛ ރައީސް އޮފީސް
ހަބަރު
20 Dec 2023 | 15:41
ވަޒީރުންނަށް ރުހުން ދިނުމަކީ މަސްލަހަތު އޮތް ގޮތް: ޤާސިމް

ޤާނޫނު އަސާސީގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދޭންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޑރ މުހައްމަދު މުއިއްޒުއާއި ބަދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމަކީ މަޖިލީހުން ކޮންމެހެން ކުރަންޖެހޭކަމެއްކަމަށާއި އެއީ ޤައުމުގެ މަސްލަހަތު އެކަމުގައި އޮތް ގޮތްކަމަށެވެ. 

ޤާނޫނު އަސާސީއާއި ޤާނޫނުގައި ފުރިހަމަވެފައިވާ ކަންކަން އެއްވެސް މެންބަރެއްގެ ހަމަވާމަށްވަންޔާ އެމީހަކަށް ރައީސުލްޖުމްހޫރިއްޔާ ޑިސައިޑުކުރައްވާ ފޮނުވި ނަންތަކަށް ރުހުން ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭނެކަމެއް. އަޅުގަނޑު ރައީސަށް ދެއްނެނވިން އަޅުގަނޑަށް ކޮށްދެން އޮތް ހުރިހާ ކަމެއް ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ކޮށްދޭނަމޭ

ޤާސިމް އިބްރާހިމް 

މީގެ އިތުރުން ޤާސިމް ވިދާޅުވީ، ޤައުމުގެ ހަމަޖެހުން މުހިންމުކަމަށާއި، ހަމަޖެހުން ގެއްލިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ޤައުމަށާއި އިޤްތިޞާދަށް ކުރާނެކަމަށެވެ.

މިއާއެކު ޤާނޫނު އަސާސީއާއި އެއްގޮތްވާގޮތުގެ މަތިން ސަރުކާރުން ނިންމާ ނިންމުންތަކާ ކުރައްވާ މަސައްކަތްތަކަށް، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ގާސިމްވަނީ އަރުވައިފައެވެ. 

މިއަދުގެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަަމުން ޤާސިމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒާއި ބައްދަލުކުރައްވާ މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ޤައުމުގެ ހަމަޖެހުން ޤާއިމްކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ކަންކަމާ ގުޅޭގޮތުންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.