ކުޅުދުއްފުށީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ރީޖަނަލް އެއާޕޯޓްސް އާއި ހަވާލުކުރުން : ފޮޓޯ؛ ރީޖަނަލް އެއާޕޯޓްސް
ހަބަރު
20 Dec 2023 | 15:41
ކުޅުދުއްފުށީ ޓުއަރިޒަމް ޒޯން ތަރައްޤީކުރުން ރީޖަނަލް އެއަރޕޯޓްސްއަށް

ހދ. ކުޅުދުއްފުށީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ރީޖަނަލް އެއާޕޯޓްސް (އާރްއޭސީއެލް) ކޮމްޕެނީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. 

ރީޖަނަލް އެއާޕޯޓްސް (އާރްއޭސީއެލް) ގެ އައު މެނޭޖިންގ ޑިރެކްޓަރު އަހްމަދު މުބީން ހދ ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓި ކައުންސިލް އިދާރާގައި އޮތް ރަސްމިޔާތެއްގައި މި އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވައިފައެވެ. 

މި އެއްބަސްވުމުގައި އާރްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީނެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުން ސޮއިކުރެއްވީ އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ.

މި ޕްރޮޖްކެޓްގެ ދަށުން އެއާޕޯޓާ އިން ވެގެން އޮންނަ ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސް ބިމުގައި ފަތުރުވެރިކަމުގެ ޒޯނެއް ތަރައްގީ ކުރާށާއި މުޅި ޒޯން ތަރައްގީ ކުރުމަށްވަނީ ހަމަޖެހިފައެވެ. 

އާރްސީއެލް އިން ބުނީ އެގޮތުން މި މަޝްރޫއުގެ އެންމެ މައިގަނޑު އެއް ބޭނުމަކީ، މިވަގުތު އެބިމަކީ ބޭނުމެއް ނުކުރެވި އޮތް ހުސްބިމަކަށްވާތީ އާއި ކުޅުދުއްފުއްޓަށާއި އަދި ކުޅުދުއްފުށީގެ ރައްޔިތުންނަށް ވެސް އެންމެ މަންފާކުރާނެ މަޝްރޫއެއް އެބިމުގައި ކުރުން ކަމަށެވެ. 

މި ޕްރޮޖެކްޓްްގެ ސަބަބުން، ކުޅުދުއްފުށި ސިޓީ އާއި ކުޅުދުއްފުށީގައިވާ އެހެނިހެން ގެސްޓްހައުސްތަކާއި ވިޔަފާރިތައް އިތުރަށް ދުނިޔޭގައި މާކެޓްވެގެންދާނެ ކަމަށާއި އަދި މިފަދަ މަޝްރޫއެއްގެ ސަބަބުން، ކުޅުދުއްފުށި އެއަރޕޯޓަށް ފްލައިޓް މޫވްމަންޓްތައް އިތުރުވެގެން ދާނެ ކަމަށް އާރްއޭސީއެލްގެ ފަރާތުން ބުނެއެވެ. 

އަދި އިގްތިސާދީ އިތުރު ކުރިއެރުން ރަށަށް ގެނައުވައިދީ އިތުރު ވަޒީފާގެ ފުރުސަތު އުފައްދައި ދިނުމަކީ ވެސް އާރްސީއެލްގެ އެއް އަމާޒުކަމުގައި އެ ކުންފުނިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
އިސްރާއީލުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވުން ހުއްޓާލަންޖެހޭ
ކެނެޑާއިން ބުނީ މިފަދަ އާބާދީތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަން ކަމަށާއި، މީގެ ސަބަބުން ސަރަހައްދުގެ ސުލްހައާއި، ސަލާމަތާއި އަދި ހަމަޖެހުމަށް އޮތް ފުރުސަތުތަކަށް ބުރޫއަރާ ކަމަށެވެ
29 Jul 2026
ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ޚާއްޞަ ލޯނު ސްކީމެއް ތައާރަފުކޮށްފި
ފައިސާ އަނބުރައި ދެއްކުމަށް ހަތް އަހަރުގެ ދިގު މުހުލަތެއް ލިބޭ މި ލޯނުގެ ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ ވަކި ތާވަލެއް ކަނޑައެޅުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ރިޢާޔަތްކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފައިވާ ކަމެވެ.
29 Jul 2026
ގަމުން ގެއްލުނު ޒުވާނާ ފެނިއްޖެ
29 Jul 2026
30،000 ޑޮލަރު ހަލާކުވި މައްސަލައެއްގައި ފުލުހުންގެ އޮފިސަރަކު ވަކިކުރަނީ
އެއީ 30،000 ޑޮލަރެވެ. އެ ޑޮލަރުތައް އަތުލައިގަނެފައިވަނީ، 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.
29 Jul 2026
މިފްކޯއިން ފަސްމީރު ބްރޭންޑުގެ 12 ދަޅު ހިމެނޭ ހަދިޔާ ޕެކެއް
މިފްކޯއިން ބުނީ ކޮންމެ ރަހައަކުން ތިން ދަޅު ހިމެނޭ މި ޕެކް 221 ރުފިޔާއަށް ލިބޭ އިރު ވަކިވަކީން ދަޅު ގަތުމަށް ވުރެ ހެޔޮ ވާނޭކަމަށެވެ
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.