އަރބަންކޯގެ އެމްޑީ ފަޒުލް: ފޮޓޯ؛ ވޮއިސް
ހަބަރު
21 Dec 2023 | 17:25
ފުށިދިއްގަރުފަޅު ހިއްކަނީ ޖުމްލަ 70 ހެކްޓަރުގެ ބިން ސީއެމްސީސީއަށް ދޭގޮތަށް!

ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލޭއިންނާއި ރަސްމާލެ އިން ޖުމްލަ 70 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޭގޮތަށް ކަމުގައި އެ މަޝްރޫޢުގެ ބެލެނިވެރި ފަރާތް، އާބަންކޯއިން ބުނެފިއެވެ. 

އާބަންކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، ރަސްމާލެ ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމަށް، ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރު ސީއެމްސީއަށް ދޭނެކަމަށެވެ. 

ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރު, ރަސްމާލެއިން ދޫކުރާ 60 ހެކްޓަރު. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ލިބެނީ 1093 ހެކްޓަރު ބިން. އެޗްޑީސީގެ އެސެޓަށް އެޗްޑީސީއަށް ޖަމާވެގެން މި އަންނަނީ

އިބްރާހީމް ފަޒުލް ރަޝީދު

މީގެ އިތުރުން މި މަޝްރޫއު ކުރިއަށްގެންދާ ކުންފުންޏަށް ދޫކުރާ ބިން ވިއްކާ މުއްދަތާ ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަަކަށް ޖަވާބުދެއްވަމުން ފަޒުލް ވިދާޅުވީ، މި މަޝްރޫޢުގެ ބިން ދޫކުރާނީ މި މަޝްރޫޢުގެ ޑެވެލޮޕްމަންޓު ޕީރިއަޑްގެ ދިގުމިނަށް ކަމުގައެވެ. އެގޮތުން އެއީ ޖުމުލަ 99 އަހަރުކަމުގައި ފަޒުލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.
07 Jul 2026
ފުޓްޕާތުން އުޅަނދު ޓޯވކުރަނީ
ހިނގާބިނގާވާ މީހުންގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން މަނާކަމަށްބުނެ ފުލުހުން ހުޅުމާލޭގައި ޓޯވކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ފުރޮޅުލީގޮނޑި ފިޔަވައި އެހެން އުޅަނދު ޕާކުކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.
07 Jul 2026
އޭއައިއޭ ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓްކޮށްފިނަމަ ފޮޓޯ ގަބޫލެއް ނުކުރެވޭނެ: އިމިގްރޭޝަން
އިމިގްރެޝަނުން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާޓިފިޝަލް އިންޓަލިޖަންސް ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓްކޮށްފިނަމަ އެއީ އުސޫލާ ހިލާފް ކަމެއްކަމަށެވެ
07 Jul 2026
ފުލުހުން ހަ ލައްކަ ރުފިޔާ ހޯދައިފި
ޖޫން 28 އާއި ޖުލައި 4 އާ ދެމެދު ފުލުހުން ވައްކަމާއި ފޭރުމުގެ މައްސަލަތަކުން 611416 ރުފިޔާގެ ފައިސާ އާއި މުދާ ހޯދައި ޙައްޤުވެރިންނަށް ރައްދުކުރުމުގެ މަސައްކަތް ކުރަމުންދެއެވެ.
07 Jul 2026
ވަރލްޑްކަޕް ފައިނަލިސްޓުން ދިމާކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!
ބައިލައްކަ ބޭނުން މި ކެމްޕެއިން ކުރިއަށްގެންދަނީ އެލައިޑްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ
07 Jul 2026
ދިރާގުގެ ދެވަނަ ސްޕީޑްބޯޓް ލަކީ ޑްރޯ ހުކުރު ދުވަހު
10 ޖުލައި 2026 ވާ ހުކުރު ދުވަހު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައި ދިރާގުގެ ދެވަނަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ލަކީ ޑްރޯ ބާއްވަނީ. މިއީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް.
07 Jul 2026
ނުކުޅެދޭ މީހުންނަށް މަގާމުތަކެއް ކަނޑައަޅަން ސީއެސްސީއާއި ކުންފުނިތަކަށް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު" އަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
07 Jul 2026
ގަވާއިދާ ހިލާފަށް ކުނި ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް (39އ) އާއި، “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް (43އ) އެވެ.