މާލޭ ސިޓީ ކައުންސިލްގެ މެންބަރު ކަމަށް ޕީޕީއެމް/ޕީއެންސީއިން ވާދަކުރާ 3 ކެންޑިޑޭޓުންނާއި އާޒިމާ ބައްދަލުކުރެއްވުން. ފޮޓޯ: ވޮއިސް
ހަބަރު
23 Dec 2023 | 12:27
ޕީޕީއެމް/ޕީއެންސީއިން ވާދަކުރާ 3 ކެންޑިޑޭޓުންނާ އާޒިމާ ބައްދަލުކުރައްވައިފި

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ސަރުކާރު ހިނގާ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ 3 ކެންޑިޑޭޓުންނާއި އެ ކޯލިޝަންގެ ފަރާތުން ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝުކޫރު ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުވުން ބޭއްވީ ހުކުރު ދުވަހުގެރޭ ސްޓެލްކޯގެ ފަސް ވަނަ ފަންގިފިލާ އޮޑިޓޯރިއަމްގައެވެ. 

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމުތަކުގައި ހަރަކާތްތެރިވާ ފަރާތަކުން ވެސް ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި އާޒިމާ ވަނީ ސިޓީ ކައުންސިލް ހިންގުމަށް އޭނާގެ ފަރާތުން ހުށަހަޅުއްވާ މެނިފެސްޓޯ ހިއްސާކުރައްވާ އެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. 

އަދި ކައުންސިލްގެ މެންބަރުކަމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ސުވާލުތަކަށް އޭނާ ވަނީ ޖަވާބުދެއްވާފައެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮނޑި ހުސްވެފައިވަނީ އެ މަގާމު ފުރުއްވަމުން ގެންދެވި ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމުންނެވެ. 

އެގޮތުން މޭޔަރުކަމުގެ ބައި އިލްކެޝަންގައި ޖުމުލަ 5 ފަރާތަކުން ވާދަކުރައްވައެވެ. އެއީ:

1. ޝުޢައިބު ޢަލީ (އަމިއްލަ ގޮތުން)

2. ޙުސައިން ވަހީދު (އަމިއްލަ ގޮތުން)

3. ޢާއިޝަތު ޢާޒިމާ ޝަކޫރު (ޕީއެންސީ)

4. އާދަމް ޢާޒިމް (އެމްޑީޕީ)

5. ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް)

މާލޭ ސިޓީގެ ހުސްވެފައިވާ މޭޔަރުގެ މަޤާމާއި ހުސްވެފައިވާ ބައެއް ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
ވަރލްޑްކަޕް ފައިނަލިސްޓުން ދިމާކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!
ބައިލައްކަ ބޭނުން މި ކެމްޕެއިން ކުރިއަށްގެންދަނީ އެލައިޑްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ
07 Jul 2026
ދިރާގުގެ ދެވަނަ ސްޕީޑްބޯޓް ލަކީ ޑްރޯ ހުކުރު ދުވަހު
10 ޖުލައި 2026 ވާ ހުކުރު ދުވަހު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައި ދިރާގުގެ ދެވަނަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ލަކީ ޑްރޯ ބާއްވަނީ. މިއީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް.
07 Jul 2026
ނުކުޅެދޭ މީހުންނަށް މަގާމުތަކެއް ކަނޑައަޅަން ސީއެސްސީއާއި ކުންފުނިތަކަށް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު" އަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
07 Jul 2026
ގަވާއިދާ ހިލާފަށް ކުނި ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް (39އ) އާއި، “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް (43އ) އެވެ.
07 Jul 2026
ޕޭ ފްރޭމްވޯކް އޮތް ގޮތުން މާސްޓާސް އަށްވުރެ ޑިގްރީ ޓީޗަރުންގެ މުސާރަބޮޑުވޭ
އެމްޑީޕީގެ ވެރިކަމުގައި، ޓީޗަރުންގެ ޕޭ ފްރޭމްވޯކަށް ބަދަލުގެނެސް އެކުލަވާލާފައި އޮތް ގޮތުން، ޑިގްރީ ކިޔަވައިގެން ހުންނަ ޓީޗަރެއްގެ މުސާރައަށްވުރެ މާސްޓާސް ކިޔަވައިގެން ހުންނަ ޓީޗަރެއްގެ މުސާރަ ކުޑަވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
07 Jul 2026
ޕޯޗުގަލްއަށް ޔޫރޯ ކާމިޔާބުކޮށްދިނިން؛ އެއީ ވޯލްޑްކަޕް ކާމިޔާބުކުރުން ފަދަ ކަމެއް
ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެދިން 233 ވަނަ މެޗަށްފަހު ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، 2016 ވަނަ އަހަރު ޕޯޗުގަލްއަށް ޔޫރަޕްގެ ތަށި (ޔޫރޯ) ހޯދައިދިނުމަކީ އޭނާއަށް ވޯލްޑްކަޕެއް ކާމިޔާބުކުރުމާ އެއްވަރުގެ ކަމެއް ކަމަށެވެ.
07 Jul 2026
ޢަރަބިއްޔާގެ އައު އިމާރާތް ނޮވެންބަރު މަހު ނިންމާލެވޭނެ
ޢަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް އަންނަ ނޮވެންބަރު މަހުގައި ނިންމާލެވޭނެ ކަމަށާ، އަންނަ ދިރާސީ އަހަރުގައި ކިޔަވަން ފަށާއި އެ ސުކޫލުދަރިވަރުން ކިޔަވާނީ އައު އިމާރާތުގައި ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
07 Jul 2026
ފުންފަޅު ގޭގެ އަލިފާނުގެ ހާދިސާގައި 109 މީހުންނަށް އަސަރުކުރި
މާލޭގެ ގ. ފުންފަޅު ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 109 މީހަކަށް އެކިވަރުގެ އަސަރުކޮށްފައިވާ ކަމަށާއި، އެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95,000 (ނުވަދިހަ ފަސްހާސް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.