އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ބާއްވަން ނިންމާފައިވާ އިވެންޓަށް ދަރުބާރުގެ ނުދިން

06 Mar 2019 | 22:01

އިންޑިއާގެ ސިފައިން ފައިބާގެ ނަމުގައި އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަން މަސައްކަތްކުރި އިވެންޓަށް ދަރުބާރުގެ ބުކް ކޮށްފައި ވަނިކޮށް އެތަން ނަގައިފިއެވެ.

އެކަމާއި ގުޅިގެން އުމަރު ނަސީރު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގިނަ އަދަދަކަށް ހަރަކާތްތެރި ވަމުން ދާތީ އެކަމާއި ދެކޮޅަށް އަންނަ ހުކުރު ދުވަހުގެ ދަރުބާރުގޭގައި ބާއްވަން ނިންމި ހަރަކާތައް ދަރުބާރުގޭގެ ހަކުރާ މާލަން ހިފާ ފައިސާ ދައްކާފައިވަނިކޮށް އެތަން މިހާރު ނަގާފައިވާކަމަށެވެ. އަދި އެތަން ނަގާފައިވަނީ މިނިސްޓަރުގެ ބޭނުމަކަށް ކަމަށް އޭނާ އަށް އަންގާފައިވާ ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ދަރުބާރުގޭގެ އެހެން މާލަމެއް ނުވަތަ ސުކޫލު ހޯލެއް ލިބޭތޯ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން އެފަދަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތި ވަމުން އަންނާތީ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް