ހުޅުމާލެއިން 400 ގޯތި ދޫކުރަން ސަރުކާރުން ނިންމައިފި

07 Oct 2018 | 14:30

ގެދޮތުގެ ދަތިކަން ދިމާވެފައިވާ މާލެގެ ރައްޔިތުންނަށް އިސްކަން ދެއްވައިގެންރައީސް ޔާމީން ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމަށް ނިންމައިފިއެވެ.

މިއަދު 16:30 އިން ފެށިގެން ގޯއްޗައް އެދޭ ފޯމް ހައުސިންގ މިނިސްޓްރީން ދޫކުރަމުން ގެންދާނެކަމަށް ހައުސިން މިނިސްޓަރ ހާމަކޮށްފިއެވެ.

މިއަދު ހައުސިންގ މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ މުއިއްޒު ވިދާޅުވި ގޮތުގައި މި ފޯމު ދޫކުރުމަށް ހަމަ ޖެހިފައިވަނީ މާލޭގައި ދިރި އުޅެމުން ގެންދާ މާލޭގެ ގޯތި ގެދޮތުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ކަން ފާހަގަކުރެއްވިއެވެ.

ދޫކުރާ ގޯތީގެ އަދަދު: 400
ގޯތީގެ ބޮޑުމިން: 1000 އަކަފޫޓް
ގޯއްޗައް ދައްކަންޖެހޭވަރު: 400،000 ރުފިޔާ
ފޯމު ނެގުމާ ހުށާހެޅުން: 7 އޮކްޓޯބަރ - 11 އޮކްޓޯބަރ
ގޯތި ދެވޭނީ ގުރުއަތުން ހޮވޭ ފަރާތްތަކަށް

މި ދޫކުރާ ގޯތީގެ ބޮޑުމިނަކީ 1000 އަކަ ފޫޓް ކަމަށާއި، 400 ގޯތި ދޫކުރުމަށް ހަމަ ޖެހިފައިވާ ކަމަށް މިނިސްޓރ ވިދާޅުވިއެވެ.

400 ގޯއްޗައް ފޯމް ހުށަހެޅުއްވުން މާދަމައިން ފެށިގެން މި މަހުގެ 11 ވަަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

ބިމުގެ އަގަކީ އަކަ ފޫޓަކަށް 400 ރުފިޔާކަމަށާއި 1000 އަކަ ފޫޓް ގެ މިބަށް ޖުމްލަ ދައްކަން ޖެހޭނީ 400،000 ރުފިޔާ ކަމަށް ވެސް ޑރ. ވިދާޅުވިއެވެ.

މިއީ މާލޭގެ ރަށްވެހިން، ދަފްތަރު މީހުން ހިމެނޭ ގޮތަށް ހުޅުވާލެވިގެން ދިޔަ ވަރަށް އުފާވެރި ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި އެއްފަހަރާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި ޑައުންޕޭމަންޓަށް 25،000 ދެއްކުމަށް ފަހު 10 އަހަރަށް ބާހާލައިގެން ފައިސާ ދައްކަމުން ގެނެދެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޝަރުތެއް ގޮތުގައި ދިވެއްސަކައް ވުމާއި 18 އަހަރު ފުރިފައި ވުމުގެ އިތުރުން ކައިވެއްޏެއް ކޮށްފައި ވުމެވެ. އަދި މާލޭގެ ރައްވެއްސަކަށް ވުމުގެ އިތުރުން މާލެ ނުވަތަ ރާއްޖޭގެއެއްވެސް ރަށަކުން 600 އަކަ ފޫޓް ނުވަތަ އެއަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއް ލިބިފައި ނުވުން ހިމެނެއެވެ.

މި ފަހަރު ހޮވޭ ފަރާތް ކަނޑަ އަޅާނީ ގުޅުއަތުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ މިހާތަނަށް ހުޅުމާލެއިން މިފަހުގެ ތާރީހެއްގައި އެންމެ އަގު ހޮޔޮކޮށް ބިން ދޫކުރާ ފަހަރުކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ

Advertisement

ކޮމެންޓް