100x4 މީޓަރު މެޑްލީ ރިލޭ އިން ރިހި މެޑަލް ހޯދި ގައުމީ ޖޫނިއަރ ފިރިހެން ޓީމު
ކުޅިވަރު
27 Dec 2023 | 09:19
4×100މ މެޑްލީ ރިލޭ އިން ސީނިއަރ ފިރިހެން ޓީމު ލޯ މެޑަލް އަދި ޖޫނިއަރ ޓީމު ރިހި މެޑަލް ހޯދައިފި

ޝްރީލަންކާގެ ކެންޑީގައި މިހާރު ކުރިޔަށްދާ އެ ޤައުމުގެ ނެޝަނަލް އަދި ނެޝަނަލް ޖޫނިއަރ ޝޯޓްކޯސް މުބާރާތުގައި 100x4 މީޓަރު މެޑްލީ ރިލޭ އިން ރާއްޖޭގެ ސީނިއަރ ފިރިހެން ޓީމު ލޯ މެޑަލް ހޯދިއިރު، 100x4 މީޓަރު މެޑްލީ ރިލޭ އިން ޖޫނިއަރ ފިރިހެން ޓީމު ރިހި މެޑަލް ހޯދައިފިއެވެ.

މެޑްލީ ރިލޭ އިން ލޯ މެޑަލް ހޯދި ސީނިއަރ ފިރިހެން ޓީމުގައި ހިމެނެނީ، ޢަލީ އިމްއާން، އިޒްޔާން އަހްމަދު، މުހައްމަދު ރިހާން ޝިހާމް އަދި މުހައްމަދު އާން ހުސައިން އެވެ. އަދި ރިހި މެޑަލް ހޯދި ޖޫނިއަރ ފިރިހެން ޓީމުގައި ހިމެނެނީ. ޔާސިން މުހައްމަދު ޔޫސުފް، ލޫޠު މުހައްމަދު ހުސައިން، އިސްމާޢީލް އަޖުމަލް މޫސާ އަދި ޝައިމް ހުސައިން އިބްރާހީމެވެ.

100x4 މީޓަރު މެޑްލީ ރިލޭ އިން ލޯ މެޑަލް ހޯދި ގައުމީ ސީނިއަރ ފިރިހެން ޓީމު 

މިމަހު 26 ން 30 އަށް ކުރިޔަށްދާ މިމުބާރާރުގައި ރާއްޖޭގެ ފެތުންތެރިން ވާދަކުރަނީ ޖޫނިއަރ ފިރިހެން އަދި އަންހެން، ނެޝަނަލް އަންހެން އަދި ފިރިހެން ބައިގައެވެ. މި 4 ބައިގައި ޖުމުލަ 25 ދިވެހި ފެތުންތެރިން މިމުބާރާތުގައި އަންނަނީ ވާދަކުރަމުންނެވެ.

މިމުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީލަންކާގެ އެކި ކުލަބުތަކާ ކޮލެޖްތަކުން ޖުމުލަ 49 ޓީމު ބައިވެރިވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.