އަހްމަދު ސަލީމް-- ފޮޓޯ: މަޖިލިސް
ހަބަރު
28 Dec 2023 | 08:58
ރަސްމާލެ މަޝްރޫއުގެ ތަފުސީލު ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި

މި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާ ވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދާ ގޮތުގައި ހާމަކަމެއް ނެތް ކަމަށް ވިދާޅުވެ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއުގެ ތަފުސީލު ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ސަލީމް މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަލީމް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ ފުށިދިއްގަރު ފަޅުގެ މަސައްކަތް ފަށާފައި ވަނީ އެ ބިން ތަރައްގީ ކުރާނެ ގޮތާއި ބިން ހިއްކުމުގެ މަޝްރުއަށް ހިނގާނެ ޖުމުލަ ހަރަދު ހާމަ ކުރުމެއް ނެތި ކަމަށާއި ކުއްލި ގޮތަކަށް އެ މަޝްރޫއު ބަޔަކާ ހަވާލު ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސްދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފައި މަސައްކަތް ފެށީ މުޅި އެ ފަޅުގެ އެންވަޔަރަމަންޓު އިމެޕެކްޓު އެސެސްމެންޓު (އީއައިއޭ) ނުހަދައި ކަމަށްވެސް އެމައްސަލައިގައި ވަނީ ބުނެފައެވެ. އަދި އީއައިއޭ ހަދާފައި ވަނީ ހަމައެކަނި 29 ހެކްޓަރުގެ ސަރަހައްދެއްގެ ކަމަށްވެސް ސަލީމް ހުށައެޅުއްވި ކުއްލި މައްސަލައިގައި ވަނީ ބުނެފައެވެ. 

މީގެ އިތުރުންވެސް ސަލީމް ވަނީ އީއައިއޭ ހަދާފައިވާ 29 ހެކްޓަރަކީ ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ އެންމެ 2.26 އިންސައްތަކަން ފާހަގަކޮށް އެއީ އީއައިއޭ ހެދުމުގައި އަމަލުކުރާ އުސޫލުގެ ބޭރުން ހާއްސަ އިމްތިޔާޒެއްގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ވިދާޅުވެފަ އެވެ.

އަދި ބިން ހިއްކާ ކުންފުނި ކަމުގައިވާ ސީއެމްސީސީ އަށް 70 ހެކްޓަރުގެ ބިން ދޫކޮށްލާއިރު މަޖިލީހަށް ސަލީމް ހުށަހެޅުއްވި މައްސަލައިގައި ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ދިވެހި ފަސްގަނޑުން 99 އަހަރަށް ބޭރު ބަޔަކަށް ބިން ދިނީ ކޮން ގޮތަކަށް އަގު ކޮށްފައިތޯ ސުވާލު އުފައްދާފައެވެ. އަދި ރާއްޖޭގެ ބިމުން ބޭރު ބަޔަކަށް ބިން ލިބޭ ގޮތަށް ނިންމި ނިންމުމަކީ އެންމެ ފައިދާ ހުރި ގޮތަށް ކޮށްފައިވާ ކަމެއްކަން އެނގޭނެ ގޮތެއް ނެތް ކަމަށް ވެސް މި ކުއްލި މައްސަލައިގައި ވެއެވެ.

ފުށިދިއްގަރު ފަޅު ހިއްކުމަށް އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓުގައި ހިމަނާފައި އޮތް 400 މިލިއަން ރުފިޔާ އުނި ކުރުމުން މަޖިލީހުގެ ނިންމުމަށް ގޮންޖަހައި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ނިންމުމަކީ ދައުލަތުގެ ބާރުތައް ބެހިފައި ވާގޮތަށް ގޮން ޖެހުން ކަމަށާއި އެއީ ޑިމޮކްރެސީގެ ހަމަތަކާއި ގުޑް ގަވަނަންސްގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ވެސް ސަލީމް ހުށައެޅުއްވި މައްސަލައިގައި ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.