ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله-- ފޮޓޯ/މަޖިލިސް
ހަބަރު
28 Dec 2023 | 10:45
ދޮގު ޚަބަރު ތަކަކީ ޑިމޮކްރަސީއަށް އޮތް ބޮޑު ބިރެއް: އީވާ

ދޮގު ޚަބަރު ތަކާއި ދޮގު ޚަބަރުތައް ފަތުރާ ނޫސް މަޖައްލާތަކަކީ ޑިމޮކްރަސީއަށް އޮތް ބޮޑު ބިރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ. 

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގު ހުށަހެޅުއްވި ކުއްލި މައްސަލައަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން 'ވަކިވަރަކަށް' ދީފިނަމަ ގައުމުގެ މަސްލަހަތަށް ބުރޫ އަރާނެ ކަމަށް ބުނެ ދެކެވޭ ވާހަކަ އަކީ ދިވެހިރާއްޖެއަށް ޑިމޮކްރަސީ އަޔަ ނުދިނުމަށްޓަކައި ދެކެވެމުންދިޔަ ވާހަކަތަކެއް ކަމަށެވެ. 

މިއާއެކު އީވާ ވިދާޅުވީ، ޚިޔާލު ފާޅުކުރުމަކީ އިންޓަނެޓްގެ ވަސީލަތްތައް ދުނިޔެއަށާއި ރާއްޖެއަށްވެސް ތަޢާރަފް ވުމުގެ ކުރިން މީހުން ކޮށް އުޅުނު ކަމެއް ކަމަށާ, އޭރު އެކަން ނުހުއްޓުނު އިރު، އިންޓަނެޓް ޢާއްމުވެފައިވާ މި ޒަމާނުގައި ނުވެސް ހުއްޓޭނެ ކަމަށެވެ. 

"އަޅުގަނޑު ގަބޫލު ކުރަން، މި ފޭކް ނިޔުސް, ދޮގު ޚަބަރުތަކަކީ އެއީވެސް ޑިމޮކްރަސީއަށް އޮތް ހަމަ ބޮޑު ބިރެއް. އެހެން ނަމަވެސް، ދޮގު މައުލޫމާތާއި، ފޭކު ނިޔުސް ދައުރުވުން، އެއަށް އަޅުގަނޑުމެން ޓެކްލް ކުރަންޖެހޭނީ މުޅިން އެހެން ގޮތްގޮތަށް. ޒިންމާދާރު ގޮތް ގޮތަށް. ލޯންގް ސްޓޭންޑިންގ ހައްލުތައް ލިބޭ ގޮތްގޮތަށް. އެއްވެސް ހާލެއްގައި ސަރުކާރަކުން އެ ވެބްސައިޓުތައް ބްލޮކް ކޮށްގެން އެކަން ކުރުމަކީ އެއީކީއެއް ހައްލުވާނެ ގޮތެއް ނޫން."

އީވާ އަބްދުالله

އީވާ ވިދާޅުވީ، ނޫސްތައް ބްލޮކް ކޮށްގެން ނޫސްވެރި ކަމުގެ ހައްގުގައި ހިފެހެއްޓުމަކީ "ސަލިޕަރީ ސްލޯޕް" އެއް ކަމަށެެވެ. އަދި ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށްފަހު ދެން ސަރުކާރުން ހިފަހަށްޓާނީ ރައްޔިތުންގެ ކޮން އަސާސީ ހައްގެއް ކަމާއިމެދު ސުވާލު އުފައްވައި، އެކަމަށް ހުށިޔާރުވެ ތިބުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. 

އީވާ އިތުރަށް ވިދާޅުވީ، އެއީ ހަމަ އެކަނި ނޫސް މަޖައްލާއެއް ބްލޮކް ކުރުން ނޫން ކަމަށާ، އެހެނެއް ކަމަކު، އެއީ ސަރުކާރުން ނުރުހުންވާ ކަމެއް ފެންނަ އިރަށް އެކަމަށް ހުރަސް އެޅުން ކަމަށެވެ. އެހެންކަމުން މަޖިލިސް މެންބަރުން އެކަމަށް ހުށިޔާރުވެ އެކަން ހުއްޓުވަން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.