މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް-- ފޮޓޯ/މަޖިލިސް
ހަބަރު
28 Dec 2023 | 11:18
ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިގެންވެސް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަން ތައްޔާރު: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެދިލައްވާނަމަ، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަވައިގެން ނަމަވެސް، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެ ކެބިނެޓް ގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރު، މިއަދު ނިންމާލާއިރު، އެކި ސަބަބުތަކާއި ހުރެ އަދިވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ނުގެންދެއެވެ. 

އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަހުސް ކުރައްވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ނުގެންދަނީ ޚުދުމުޚުތާރު ކަމުން ކަމަށް ވިދާޅުވެފައެވެ. 

ސަލީމްގެ ވާހަކައަށް ރައްދު ދެއްވައި މަޖިލީހުގެ ރިޔާސަތުގައި އިންނަވައި އަސްލަމް ވިދާޅުވީ، ވަޒީރުންގެ ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައި، އަދި ކޮމިޓީއަށް ބޭނުންވާ ބައެއް މަޢުލޫމާތު ހޯދުމަށް ރައީސް އޮފީހުގައި ދެންނެވުމުން އެ މައުލޫމާތު ލިބުން ލަސްވުމުން ކޮމިޓީގެ މަސައްކަތްވެސް ލަސްވި ކަމަށެވެ. 

އަދި އެއަށްފަހު، ކޮމިޓީން އެކުލަވާލި ރިޕޯޓް، މަޖިލީހުގެ ގަވާއިދާއި ޚިލާފް ވުމުން އެ ރިޕޯޓަށް ވޯޓަށް އަހަން އޮތް ދުވަހުގައި އެކަން ނުކުރެވުނު ކަން އަސްލަމް ފާހަގަކުރެއްވި އެވެ. 

ކަންމިހެން ހުރުމުން، ރުހުން ދިނުމުގެ މައްސަލަ ނިންމުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށްޓަކައި މަޖިލީހުގެ ދައުރު އެންމެ ބޮޑަށް ދަންމާލެވޭ މިންވަރަށް ދަންމަވާލައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންނަމަވެސް، އަދިވެސް އަޅުގަނޑާއި ހަމައަށް މި ރިޕޯޓް ނުލިބޭ. ރިޕޯޓް ލިބުމުން އަދި އަޅުގަނޑުމެން ޗުއްޓީއަށް ދިޔަ ކަމުގައި ވިޔަސް، އަޅުގަނޑު މިއަދުވެސް ވާނީ އިއުލާން ކޮށްފައި، އިއްޒަތްތެރި މެންބަރުން އެދިވަޑައިގަންނަވާ ކަމުގައި ވާނަމަ، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިގެންވެސް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަން ހުރި ވާހަކަ ދަންނަވަން

މުހައްމަދު އަސްލަމް

މީގެ ކުރިން އެއް ދުވަހު، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައެއް މަޖިލީހުން އެޖެންޑާ ކުރި ނަމަވެސް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އެކަމާއި ގުޅޭ ރިޕޯޓް އެކުލަވާލި އިރު، ވަޒީރުންގެ މެންޑޭޓް ފާސް ނުކުރުމާއި، އަދި ރުހުން ދިނުމަށް ނުވަތަ ނުދިނުމަށް ރިޕޯޓް ގައި އެދިފައި ނުވާތީ މައްސަލަ ވަނީ އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ. 

އެއާއެކު އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ގަސްތުގައި ލަސްކުރާ ކަމަށް ބުނެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.