ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
28 Dec 2023 | 22:38
ވަރަށް ސާފު އިބާރާތުން ދިވެހި ރައްޔިތުންގެ ނިންމުން އިންޑިއާ ސަރުކާރަށް ވާނީ ދަންނަވާފަ: ރައީސް ޑރ.މުއިއްޒު

ނިމިދިޔަ ސަރުކާރުގެ ވެރިކަމުގައި ރާއްޖެ އައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ބޭނުންނުވާ ކަމަށް ރައްޔިތުން ނިންމި ނިންމުން ވަރަށް ސާފު އިބާރާތުން އިންޑިއާ ސަރުކާރަށް ދަންނަވާފައި ވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ ދަރުބާރު ގޭގައި އޮތް "ދިވެހީންގެ ރާއްޖެ ފެށުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރަސްމީ މަސައްކަތުގައި ފުރަތަމަ ދުވަހު، 18 ނޮވެމްބަރުގައި އިންޑިއާ އިން ރާއްޖެއަށް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފޮނުވި ސަރުކާރު މިނިސްޓަރާއި އެކު ބައްދަލުވުމެއް ބޭއްވުނު ކަމަށާއި މި ބައްދަލުވުމުގައި ރަސްމީ ކޮށް ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އެދިވަޑައިގެކަމަށެވެ.

"ރައްޔިތުން ނިންމީ މިގައުމުގައި ބޭރުގެ ސިފައިން ތިބޭކަށް ތިމަންނަމެން ބޭނުމެއް ނޫނޭ. މި ގައުމުގައި އިންޑިއާގެ ސިފައިން އަދި އެހެން އެއްވެސް ގައުމެއްގެ ސިފައިން ތިބޭކަށް ދިވެހި ރައްޔިތުން ބޭނުމެއް ނޫނޭ. އެނިންމުމާއި އެކީގައި އަޅުގަނޑުމެން މިތިބީ. ރަސްމީ މަސައްކަތުގެ ފުރަތަމަ ދުވަހު 18 ނޮވެމްބަރުގައި، އިންޑިއާ އިން ރާއްޖެއަށް ފޮނުއްވި އަޅުގަނޑު މެންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފޮނުއްވި ސަރުކާރު ރިޕްރެޒެންޓް ކުރަން ފޮނުވި އެވަޒީރާއި އެކީގައި ބޭއްވި ބައްދަލުވުމުގައި ރަސްމީ ކޮށް ދިވެހި ސަރުކާރުގެ ފަރާތުން އަޅުގަނޑު ދެންނެވިން މިގައުމުގައި ތިބި އިންޑިއާގެ ސިފައިން ގެންގޮސް ދެއްވާށޭ!"

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުވި ދުވަސް ކޮޅު ވެސް އިންޑިއާ ސަފީރާއި އެކު ދެ ބައްދަލުވުން ބޭއްވި ކަމަށާއި މި ބައްދަލުވުންތަކުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމެވުމަކީ މި ގައުމުގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބުން ކަމަށް ވަރަށް ތަފްސީލު ކޮށް ދަންނަވައި، އިންޑިއާ ސިފައިން މިތަނުން ގެންދިޔުމަށް އެދިވަޑައިގެން ކަމަށެވެ.

އެއަށްފަހު ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުންތަކުގައި ވެސް ހަމަ އެބީދައިން ވަރަށް ސާފު އިބާރާތުން ދިވެހި ރައްޔިތުންގެ ނިންމުން އިންޑިއާ ސަރުކާރަށް ދެންނެވި ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ ރިވެތި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން، ރީތި ގޮތުގައި ވާހަކަ ދައްކައިގެން ރައްޔިތުން އެދުނު ގޮތަށް އަދި ޚުދު އެމަނިކުފާނު ވެސް ބޭނުންފުޅު ވާގޮތަށް މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލާނެ ކަމަށާއި މިކަން ނިމެންދެން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ރައްޔިތުންގެ ހައްގުގައި ކުރައްވާނެ ކަމަށެވެ.

ރައީސް އޮފީހުން ބޭއްވި އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މުހައްމަދު ފިރުޒުލް ވިދާޅުވީ އެހާތަނަށް ބެލިބެލުމުން ރާއްޖޭގައި 77 އިންޑިއާ ސިފައިން ތިބިކަން ދެނެގަނެވިފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދު ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު، މުހައްމަދު ޝަހީބު ވިދާޅުވީ އެ އަދަދު އަލުން އޮޅުންފިލުވައިގެން ފަހުން 89 ކަމަށް ވަނީ ހާމަކޮށްފައި ކަމަށެވެ. 

އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުވުމަކީ ގައުމީ ސަލާމަތަށް ނުރައްކާ ވާވަރު ކަމެއްތޯ މުއައްސަސާތަކުން ބަލައި އެއީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމެއްގެ ގޮތުގައި އެބޭފުޅުން ފާހަގަ ނުކުރައްވާ ކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަހީބު ވިދާޅުވިއެވެ. 

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި އިންޑިޔާއާއި އެކު ވެފައިވާ އެއްބަސްވުން ތަކުގައި ހިމެނޭ ގައުމީ ސަލާމަތަށް ނުރައްކާވާ މާއްދާތައް އުވާލުމަކީ ރައީސް ޑރ.މުއިއްޒުގެ ހަފްތާ 14 ގައި ވަރަށް ބޮޑު އިސްކަމެއް ދީގެން ހިމަނުއްވާފައި ވާކަމެކެވެ.

މިގޮތުން ދާދި ފަހުން އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސަރވޭ އެއްބަސްވުން ނިންމުމަކަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.