ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޕްރައިވެޓް ޖެޓުތަކެއް ޕާކުކޮށްފައި-- ފޮޓޯ/އެމްއޭސީއެލް
ހަބަރު
29 Dec 2023 | 11:53
ޕީކް ސީޒަނާ ދިމާކޮށް ވީއައިއޭގެ ޕްރައިވެޓް ޖެޓް ޕާކިން 68 އަށް އިތުރު ކޮށްފި!

ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު މޫސުމާ ދިމާކޮށް، އެމްއޭސީއެލް އިން ވެލާނާ އެއާޕޯޓުގެ ޕްރައިވެޓް ޖެޓު ޕާކިން، 68 އަށް ބޮޑުކޮށްފިއެވެ. މިއީ ވީއާއިއޭގެ ތާރީޚްގައި ވެސް ޖެޓް ޕާކިންގ މިހާ ބޮޑު ކުރެވުނު ފުރަތަމަ ފަހަރެވެ. 

މިކަމާއި ގުޅިގެން އެމްއޭސީއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕީކް ދުވަސްވަރު ވައިގެ ދަތުރުފަތުރުގެ ޑިމާންޑް އިތުރުވަމުންދާތީ އޮޕަރޭޝަންތަކާއި ޚިދުމަތްތައް ފުޅާކުރުމަށް ކަމަށް ޖެޓް ޕާކު ކުރާނެ ސްލޮޓުތައް 39 އިން 68 އަށް އިތުރު ކޮށްފައިވާ ކަމަށެވެ. 

އެގޮތުން ސްލޮޓް އިތުރު ކޮށްފައިވަނީ؛ 

އުތުރުފަޅީގެ އޭޕްރަންގައި 13 ޖެޓު ޕާކުކުރާނެ ސްލޮޓް

ހުޅަނގު ފަޅީގެ އޭޕްރަންގައި 26 ޖެޓު ޕާކުކުރާނެ ސްލޮޓް

ފިއުލް ފާމް ކުރިމަތީގައި 13 ޖެޓު ޕާކުކުރާނެ ސްލޮޓް

ދެކުނު ފަޅީގައި 16 ޖެޓު ޕާކު ކުރާނެ ސްލޮޓް

ކޮންމެ އަހަރެއްގެވެސް ބޭރު ގައުމުތަކަށް ފިނި މޫސުން އަންނަ ދުވަސްވަރަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެގެންދާ ދުވަސްވަރެކެވެ.

އެގޮތުން، މި ދުވަސްވަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދުވާލަކަށް ފަސްހާހަށް ވުރެ މަތީގައި ހުރި އިރު، 23 ޑިސެންބަރު ވީ ހޮނިހިރުދުވަހު 8،054 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ، މިއަހަރުވެސް އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް