އެމްޑީޕީގެ ޗެއާރޕާޝަން ފައްޔާޒު އިސްމާއިލް
ހަބަރު
29 Dec 2023 | 11:52
ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދޭން އެމްޑީޕީން މަސައްކަތް ކުރާނެ: ފައްޔާޒު

މިދަނޑިވަޅުގައި ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެކަމަށް އެމްޑީޕީގެ ޗެއާރޕާސަން އަދި ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ 13 މެމްބަރަކު މިވަގުތު ވެރިކަންކުރާ ޕާރޓީ ޕީއެންސީ އާއި ގުޅިވަޑައިގެންނެވުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި ފައްޔާޒު ވަނީ އެ ވަކިވި މެންބަރުން ޕާޓީގައި ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

"މިދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން މާތް الله ގެ ވާގިފުޅާއެކު އެމްޑީޕީ ދާނީކުރިއަށް." ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީ ދޫކޮށް 13 މެމްބަރަކު ޕީއެންސީ އާއި ގުޅުމުން އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ސޯސަލް މީޑިޔާ މެދުވެރިކޮށް ތަފާތު ޝުޢޫރުތައް ފާޅު ކުރަމުންނެވެ.

މިވަގުތު އިދިކޮޅު ޕާރޓީގެ ގޮތުގައި އޮތް އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ރޭ ގުޅިވަޑައިގެންނެވި 13 މެމްބަރުންނަކީ؛

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނިހާދު

ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)

ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒް

އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުالله ޝަހީމް

މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަދިވެސް އެމްޑީޕީގެ އިތުރު މެމްބަރުންތަކެއް ދާދި އަވަހަށް ޕީއެންސީ އާއި ގުޅުމަށް ވަނީ ހަމަޖެހިފައެވެ. ރޭގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ މިފަދަ އިޝާރާތެއް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.