ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓް--
ހަބަރު
29 Dec 2023 | 21:13
ވީއައިއޭ ޑޮމެސްޓިކް ޗެކް-އިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި

ރާއްޖޭގެ މައި އެއާރޕޯރޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ޑޮމެސްޓިކް ބައިގެ  ޗެކް-އިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުވެފައިވާ ކަމަށް އެމްއޭސީއެމްއިން ބުނެފިއެވެ.

އެއާރޕޯރޓް ހިންގާ މައިކުންފުނި އެމްއޭސީއެލް އިން ބުނިގޮތުގައި ވީއައިއޭގެ ޑޮމެސްޓިކް ދަތުރުތަކުގެ ޗެކް -އިން ކުރުމުގައި މިއަދު ހެނދުނު ޓެކްނިކަލް މައްސަލައެއް ދިމާވެ، އެއާޕޯޓުގެ ޑޮމެސްޓިކް ދަތުރުތަކަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއް އައިސްފައިވާ ކަމަށެވެ.  

މިކަންތަކާއި ގުޅިގެން އެމްއޭސީއެލް އިން މިއަދުގެ މެންދުރު ފަހު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ބައިގެ ޗެކް-އިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށެވެ. އަދި ފަސިންޖަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ ކުންފުނިން ޝުކުރު އަދާކުރާކަމަށެވެ.

ސްކޫލު ބަންދު ދުވަސްވަރަށް ވުމުން މިދުވަސްވަރަކީ ވަރަށް ގިނަ އަދަދެއްގެ މީހުން އަތޮޅުތަކުން މާލެ އައިސް،  އަދި މާލެއިން އަތޮޅުތަކަށް ދަތުރު ކުރަމުންދާ ދުވަސްކޮޅެކެވެ.

މީގެ އިތުރުން މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރަށް ވެފައި ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އަތޮޅުތަކުގެ ރިސޯރޓްތަކަށް ދިއުމަށް އެތެރޭގެ އުދުހުންތަކުގެ ބޭނުން ހިފަމުން ގެންދާ ދުވަސް ވަރެކެވެ.

މިދުވަސްވަރު އެއާރޕޯރޓަށް ބާރު ބޮޑުވެ އެމްއޭސީއެލް އިން ވަނީ ދަތުރުކުރާ ފަރާތްތައް ޗެކިންގ ވުމުގައި އިތުރަށް ސަމާލުކަން ދިނުމަށާއި ތިންގަޑިއރުކުރިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތައް ޗެކިންގ ވުމަށް އިލްތިމާސް ވެސް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.