އެމްޑީޕީގެ ޕީޖީގްރޫޕް : ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
30 Dec 2023 | 13:42
ވަޒީރުންނަށް ރުހުން ދިނުން ކުރިއަށްދާނީ ޤައުމީ ވިސްނުމެއްގެ ގޮތުގައި: އެމްޑީޕީ ޕީޖީ

މި ސަރުކާރުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އެމްޑީޕީން މަސައްކަތް ކުރާނީ ސިޔާސީ ވިސްނުން އެއްފަރާތްކޮށް ޤައުމީ ވިސްނުމެއްގެ ގޮތުގައި ކަމުގައި އެމްޑީޕީގެ ޕީޖީގްރޫޕްގެ ޑެޕިއުޓީ ލީޑަރ ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ޕޕީީ ގްރޫޕްގެ ފަރާތުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމުގައި އެޕާޓީއަށް އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށެވެ. 

އެގޮތުން މިއަދު ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީން 22 ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކުރި އިރު، އެ ނިންމުން ފާސްނުކުރާކަށްވެސް އެމްޑީޕީ ތަމްސީލުކުރައްވާ މެމްބަރުން ވޯތު ނުދެއްވާކަމުގައި ޝަހީމް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ސަރުކާރުގެ އެއްވެސް ވަޒީރަކަށް ތުހުން ނުދިނުމާ ގުޅޭގޮތުން އެ ޕާޓީގެ ޕީޖީ ގްރޫޕުން އެއްވެސް ބައްދަލުވުމެއް ބާއްވައިފައި ނުވާނެކަމަށާއި އަދި އެފަދަ ބައްދަލުވުމެއް ތާވަލުކޮށްފައި ނުވާނެކަމުގައި ވިދާޅުވެ މެމްބަރު ޝަހީމް ވަނީ އެ މޭރުމުން ދޭހަވާ ފަދަ ގޮތަކަށް ޕީއެންސީގެ ޖަލްސާގައި އެ ޕާޓީއާއި ގުޅިވަޑައިގެން މެމްބަރުން ދެއްކެވި ވާހަކަތައް ދޮގުކުރައްވައިފައެވެ. 

ވަޒީރުންނަށް ރުހުން ނުދިނުމާއި ބެހޭގޮތުން އެމްޑީޕީގެ ޕާލިމްޓްރީ ގްރޫޕޫގެ އެއްވެސް ބައްދަލުވުމެއްގައި އެޖެންޑާކޮށް މީޓިންގެ އެއް ބާއްވައި އެއްވެސް ކަމެއްގައި އަޅުގަނޑުމެން ވާހަކަދައްކައެއް ދައްކާފައެއް ނުވާނެ 

ހުސައިން ޝަހީމް 

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލިހުގެ ނައިބް ރައީސް އަހްމަދު ސަލީމް ވިދާޅުވީ އެމްޑީޕީ އޮތީ ބަދަހިކޮށް ވަރުގަދަކޮށް ކަމަށާއި އެ ޕާޓީން މެމްބަރުތަކެއް ވަކިވުމީ އެ ޕާޓީގެ ލީޑަރޝިޕް ގެ ފެއިލިއަރ އެއްކަމަށް ދެކިވަޑައި ނުގަންނަވާކަމަށެވެ. 

އެމްޑީޕީގެ ޕާލިމްޓްރި ގްރޫޕް އޮތީ އަދި ހަމަ ވަރަށް ވަރުގަދަކޮށް، ދެންމެ އެ ވިދާޅުވި ގޮތުން އަދި 43 މެމްބަރުން ތިބި އެހެން އެއްވެސް ޕާޓީއެއް ެނތް ރައްޔިތުންގެ މަޖިލިހުގައެއް، އަޅުގަނޑުމެން ގަބޫލުވެސް ކުރަނީ އިރާދަ ކުރެއްވިއްޔާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެސް ނިމިގެންދާނީ އެމްޑީޕީ ވަރުގަދަކޮށް ޕާލިމަންޓްރީ ގްރޫޕް އޮވެގެން 

އަހްމަދު ސަލީމް

މީގެ އިތުރުން ސަލީމް ވިދާޅުވީ އެ ޕާޓީއާއި ވަކިވެ ވަޑައިގެން މެމްބަރުންނާއި މެދު ޖަވާބުދާރީ ވާނީ އެ ދާއިރާތަކަށް އެ މެމްބަރުން އިންތިޚާބުކުރެއްވި ރައްޔިތުންކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.