އެމްޑީޕީ ޕީޖީ ގުރޫޕް މެމްބަރުން / ފޮޓޯ: މަޖިލިސް
ހަބަރު
30 Dec 2023 | 21:05
ވަޒީރުންނަށް ރުހުން ދިނުމަށް ހާއްޞަ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ތައްޔާރުވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް ނިމުމެއް ގެނައުމަށްޓަކައި  ދަޢުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ތައްޔާރުވާން ފަށައިފިއެވެ.

އިތުބާރު ހިފޭ ރައްޔިތުން މަޖިލހުގެ އެމްޑީޕީގެ ބައެއް ސީނިއަރ މެމްބަރުން މަޢުލުމާތު ދެއްވި ގޮތުގައި މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާއެއް ބެއްވުމަށްޓަކައި ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ގެންވަނީ އެ މެމްބަރުން ކުރައްވަމުންނެވެ.

މިހާތަނަށް ދަޢުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުން އެދި މަޖިލިހުގެ ޢިދާރާއަށް ހުށައަޅާފައި ނުވިނަމަވެސް ދަޢުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުންއެދި މަޖިލިހުގެ ޢިދާރާއަށް ވަރަށް އަވަހަށް ހުށައެޅިގެންދާނެއެވެ.  

ރައްޔިތުން މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުން އެދި ހުށައަޅައިފި ނަމަ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާ ބާއްވަން ޖެހެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ފަރާތުން ދަޢުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މި  ނިންމީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ވެސް ރުހުން ދޭން ފެންނަ ކަމަށް ފާސް ކުރުމުންނެވެ.

މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވުނު އެންމެފަހު ޖަލްސާގައި މަޖިލިހުގެ ރައީސް އަސްލަމް ވެސް ވިދާޅުވެފައި ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމާ މަޖިލިހަށް ރިޕޯރޓް ފޮނުވައިފި ނަމަ ދަޢުރުން ބޭރުން ޖަލްސާއެއް ބޭއްވެތޯ ބައްލަވާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.