ޕީއެންސީ ކެންޑީޑޭޓް އާޒިމާ ޝުކޫޜު / ފޮޓޯ: ވޮއިސް
ހަބަރު
30 Dec 2023 | 22:18
މާލެ ތަރައްޤީ ކުރެވޭނީ ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓަކު ހޮވައިގެން: އާޒިމާ

މާލެއަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއް ދެނެގަނެވިފައިވާ ކަމަށާއި އަދި އެ މައްސަލަތައް ހައްލުކުރާނެ ކަންތައްތަކެއް އެނގިވަޑައި ގަންވާކަމަށް ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝުކޫރު ވިދާޅު ވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވެފައި ވަނީ ސަންގު ޓީވީ އިން ކުރިއަށް ގެންދާ ސަންގު ޓީވީ މޭޔަރުންގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ސަރުކާރުގެ މާސްޓާރ ޕްލޭނައި އެއްގޮތަށް މަސައްކަތް ކޮށްގެން ނޫނީ މާލެއަށް ދިމާވެފައިވާ މައްސަލަތަކެއް ހައްލެއް ނުކުރެވޭނެ" 

މިހާރު ކުރިއަށްދާ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ފާހަގަ ކުރެއްވި ގޮތުގައި މާލެއަށް ބޭނުންވާ ހުރިހާ ހައްލެއްވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާއިރު އެކަންތައްތައް ތަންފީޒު ކުރެވޭނީ ސަރުކާރުގެ ކެންޑިޑޭޓަކު އިންތިހާބުކޮށްގެން ކަމަށެވެ.

" މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ އާއި މަގުތައް އަލުން ރީއްޗަށް ޒަމާނީ ފެންވަރަށް ހެދުމާއި އަދި މީހުން ހިތްހަމަޖެހޭ ތަނަކަށް  މާލެ ހެދުން ފަދަ ހުރިހާ ކަމެއްވެސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ ޕްލޭނުގައި ހިމެނިފައިވޭ" 

ތަފްސީލް ދެއްވަމުން އާޒިމާ ވިދާޅުވިއެވެ.

މިރޭގެ ބަހުސްގައި އާޒިމާ އާއި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ރައްދު ދެއްވުމުގެ ބަދަލުގައި އާޒިމާގެ ވާހަކަ ބިނާ ކުރެއްވީ އެކަމާގެ ޕްލޭން ހުށައެޅުއްވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.