އިއްޔެ މާލެއަށްވެސް ވަނީ ވަރަށް ގިނައިން ވާރޭވެހިފައި / ފޮޓޯ:ވޮއިސް
ހަބަރު
01 Jan 2024 | 10:03
ވޭތުވެދިޔަ 24 ގަޑިއރުތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް: މެޓް އޮފީސް

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓް, ވީއައިއޭ ހުންނަ ހުޅުލެއަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގެ ޤައުމީ މޫސުމާއި ބެހޭ ޢިދާރާ މެޓް އޮފީހުގެ އެންމެ ފަހުގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ހުޅުލެއަށް 179.7 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.

އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 2 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރާއްޖޭގެވެރިކަން ކުރާރަށް މާލެއަށެވެ. މާލެއަށް 118.2 މިލި ލީޓަރުގެ ވާރޭ ވެހިފައިވެއެވެ.

3 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ގޮއިދޫއަށެވެ. އެރަށަށް 105.6 މިލީޓަރުގެ ވާރޭވެހިފައިވާކަމަށް މެޓު އޮފީހުގެ ތަފާތު ހިސާބުތަކުން ދައްކައެވެ.

ޤައުމީ މޫސުމާއި ބެހޭ ޢިދާރާއިން މިފަދައިން ތަފާތު ހިސާބުތައް ޢާއްމުކޮށްފައިވާއިރު ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯރޓްގެ ދަތުރުފަތުރަށް ވޭތުވެދިޔަ 24 ގަޑިއރު ތެރޭވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ބައެއް ފުލައިޓްތައް ޑިލޭ ވުމާއި އުޑުމަތި ނުސާފުވުމުގެ ސަބަބުން ބައެއް ފުލައިތްތައް ޑައިވާރޓް ކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

މާލެއަށް ބަލާލާއިރު މާލޭގައި ވަރަށް ބޮޑަށް ފެންބޮޑު ބައެއް ގޭގޭގައި ދިރިއުޅުނު ފަރާތްތައް ރައްކާތެރި ހިސާބުތަކަށް (އެހެން ގެތަކަކަށް ) ބަދަލުކުރަން ޖެހިފައިވެއެވެ.

މީގެ އިތުރުން ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ރާއްޖޭގެ އަތޮޅުތަކުގެ 5 ރަށެއްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެން ޖެހިފައިވާ ކަމަށް  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.