އާސަންދާ ފްރަންޓް އޮފީސް: ފޮޓޯ: ވޮއިސް
ހަބަރު
01 Jan 2024 | 12:03
50 އަހަރުން މަތީ މީހުންނަށް މިއަދުން ފެށިގެން ހިލޭ މެޑިކަލް ޗެކްއަޕްގެ ޚިދުމަތް ފަށަނީ!

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ކަނޑައާޅުއްވައި އިއުލާންކުރެއްވި ސިޔާތުގެ ދަށުން 50 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ހިދުމަތް ދޭން ފަށާ، ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ފެށުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދް ވިދާޅުވީ، މިއީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމުގެ އިތުރުން ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ސަގާފަތެއް އަށަގެންނެވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ މަޤްސަދުގައި ފެށޭ ޕްރޮގްރާމެއް ކަމަށެވެ.

މަގްސަދަކީ ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ، އަދި އެކަަމަށް އަހަންމިއްޔަތުކަން ދޭ ޖީލެއް ބިނާ ކުރުން.

ހީނާ ވަލީދް

މީގެ އިތުރުން މެޑިކަލް ޗެކްއަޕް ނިޒާމުގެ ތެރެއިން ހުރިހާ ދިމާލަކުން މައުލޫމާތުތައް އެއްކުރާނެ ކަމުގައި ވިދާޅުވެ ހީނާ ވަނީ އޭގެ އަލީގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ސިއްހީ ހިދުމަތަށް ކުރެވޭ ހަރަދު ތަކާއި ސަރުކާރު ބައެއް ކަހަލަ ސިޔާސަތުތައް ހަރުދަނާކޮށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހަރުދަނާ އުސޫލުތަކާއި، ހިދުމަތްތަކެއް ގާއިމް ކުރުމަށް މި މައުލޫމާތުގެ އަލީގައި މަސައްކަތްތަކެއް ކުރެވިގެން ދާކަމުގައި ފަހަގަ ކުރައްވައިފައެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ، ހިލޭ މެޑިކަލް ހެދުމަށް މިހާރު އެކުލަވާލެވިފައި ހުރި ޕެކޭޖްތަކަށް، ބަދަލެއް ގެންނަން ޖެހޭނަމަ ކަމާއި ގުޅުން ހުރި މާހިރުންގެ އިރުޝާދުގެ ދަށުން އެކަން ފަހުން ކުރެވިގެންދާނެކަމަށެވެ. 

އެގޮތުން މިއަދުން ފެށިގެން މި ހިދުމަތް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި، އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތައް އަދި މާލޭ ސިޓީގައި ނަމަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން ލިބިގެން ދާނެކަން ޒީނިޔާ ވަނީ ފާހަގަކުރައްވައިފައެވެ. 

މިކަމަށް ސަރުކާރުން ވަނީ ޓައިމްލައިންތަކެއް ކަނޑައަޅާފައެވެ.

މިގޮތުން މިއަދުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މި ހިދުމަތް ތަންފީޒު ކުރަން ފަށާނެއެވެ. އަދި 35 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނަށާއި، 19 އަހަރުން ދަށުގެ ކުދިންނަށް އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ތަންފީޒު ކުރެވިގެންދާއިރު، 19 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް މި ހިދުމަތް ދޭން ފަށާނީ ޖުލައި 1 ވަަނަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން 50 އަހަރުން މަތީގެ އުމުރުފުރާތަކުން މި ޚިދުމަތް ފަށަން ނިންމާފައިވަނީ، ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންގެ ބޮޑު އިއްސައްތައަކީ 50 އަހަރުން މަތީގެ ފަރާތްތަކަށް ވާތީކަމުގައި އާސަންދަ ކުންފުނީގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.