އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް: ފޮޓޯ: ވޮއިސް
ހަބަރު
01 Jan 2024 | 12:16
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް!

ދިވެހިރާއްޖޭގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ލައްކައަށް ވުރެ މައްޗަށް އަރާ ކަމަށް ފާއިތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހިކޮންމެ ރައްޔިތަކަށް އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ސިޔާސަތުގެ ދަށުން އެ ޚިދުމަތް 50 އަހަރުން މަތީގެ ފަރާތްތަކަށް މިއަދުން ފެށިގެން ފެށުމަށް ނިންމައި ރެޖިސްޓްރޭޝަނަށް ވަނީ ހުޅުވާލައިފައެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެއްވުށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާސަންދަ ކުންފުނީގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ، މެޑިކަލް ޗެކްއަޕް އަހަރަކު ދެ ފަހަރު ހެެދޭނެ އިންތިޒާމް ހަމަޖައްސާފައި ވަނީ ވަރަށް މާތް މަގްސަދެއްގައި ކަމަށާއި މެޑިކަލް ޗެކްއަޕް ބޮޑަށް ބައްޓަން ކޮށްފައި ވަނީ ރާއްޖޭގައި މިވަގުތު އެންމެ ގިނައިން ފަރުވާ ނަގަމުންދާ ބޮޑެތި ބަދަލިތަކަށް ބެލުމަށް ފަހުގައި ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި ބޮޑެތި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަަކަށް ބަލާއިރު މިހާރުވެސް 103،441 މީހަކު އެކި އެކި ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަމުން އަންނަކަން ޒީނިޔާ ވަނީ ފަހަގަ ކުރައްވައިފއެވެ. އެއީ 2021 އިން 2023 އަށް ނަގާފައި ހުރި މައުލޫމާތުތަކަށް ބަލައެވެ.

މިގޮތުން ރާއްޖޭގައި އެންމެ ގިނައީ ހިތާއި، ހިތުގެ ލޭ ހޮޅިތަކާއި ގުޅުން ހުރި ބަލިތަކުގެ މައްސަލަތަކެވެ.

އެއީ ކޮލެސްޓްރޯލާއި، ލޭގެ ޕްރެޝަރ މައްޗަށް ދިއުމާއި، ސްޓްރޯކް މައްސަލައެވެ. އެފަދަ މައްސަލަތައް ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދަކީ 57،709 އެވެ.

ދެވަނަ އަށް އެންމެ ގިނައީ ރާއްޖޭގައި ފުއްޕާމެއާ ގުޅުން ހުރި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނެވެ. އެފަދަ 35،806 މީހަކު ތިބިއިރު، ތިން ވަނައިގައި އޮތް ހަކުރު ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދަކީ 30،803ށް އަރާއިރު، ހަތަރު ވަނައިގައި އޮތް ކިޑްނީ އާ ގުޅުން ހުުރި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދުތައް 11،635 އަށް ވަނީ އަރައިފައެވެ. އަދި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު 3،294ށް އަރައެވެ.

މިއީ އިންޑިވިޑުއުލް އައިޑެންޓިޓީ ކާޑުން މިހާތަނަށް ވޭތުވެދިޔަ ތިން އަހަރު މި ބަލިތައް ތަހައްމަލުކޮށް ސްކީމްގެ ތެރެއިން ހިދުމަތް ނަގާފައިވާ ފަރާތްތައް

އާމިނަތު ޒީނިޔާ

މިގޮތުން ބޮޑެތި ބަލިތަކުގައި މިހާރުވެސް ގިނަބަޔަކު ރާއްޖޭގައި ތަހައްމަލު ކުރަމުންދާއިރު، މެޑިކަލް ޗެކްއަޕްތައް ބައްޓަން ކޮށްފައި ވަނީ ދުރާލާ މިފަދަ ބަލިތައް ދެނެގަތުމަށްޓަކައި ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.