މަޖިލިހުގެ ރައީސް އަސްލަމު ޔުގަންޑާއަށް ފުރާވަޑައިގަތުން
ހަބަރު
01 Jan 2024 | 16:15
ރަސްމީ ދަތުރު ފުޅެއްގައި އަސްލަމް ޔުގަންޑާއަށް ފުރާވަޑައިގެންފި

ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު އަސްލަމް ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔުގެންޑާއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލިހުގެ ޢިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލހުގެ ރައީސްގެ މިދަތުރުފުޅަކީ ކޮމަންވެލްތުގައި ހިމެނި ވަޑައިގަންނަވާ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މަޖިލިހުގެ ރައީސް އަސްލަމުގެ މި ދަތުރުފުޅަކީ އެމަނިކުފާނު މަޖިލިހުގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންނުވަމަށް ފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މަޖިލިހުގެ ރައީސް މުޙައްމަދު އަސްލަމް މިއަދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި އިރު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނުނިއްމާ މަޖިލިސް ޗުއްޓިއަށް ދިއުމާއި ގުޅިގެން މަޖިލިހުގެ ރައީސަށާއި މަޖިލިހުގެ މެމްބަރުންނަށް އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުންދިނުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލހުގެ މެމްބަރުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަސް މިހާރު ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ދަޢުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށައަލަށްޖެހޭ އަދަދަށް މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް  އެ މެމްބަރުން ކުރައްވަމުން އެބަ ގެންދަވައެވެ.

މަޖިލިހުގެ ރައީސްގެ ފުރަތަމަ ރަސްމީ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ދުވަހެއް މަޖިހުގެ ޢިދާރާއިން ހަމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.