މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް : ފޮޓޯ: އައިޖީއެމްއެޗް
ހަބަރު
01 Jan 2024 | 14:09
މެޑިކަލް ޗެކަޕަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމް ކުރަނީ

މެޑިކަލް ޗެކަޕަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ހަފްތާ 14 ގައި ހިމެނޭ އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުން އިފުތިތާހު ކުރުމަށް ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، މުސްތަގުބަލުގައި މެޑިކަލް ޗެކަޕްގެ ހިދުމަތް އެހެން ކެޓަގަރީތަކަށް ފަށާއިރު ވަކި މެޑިކަލް ޗެކަޕް ކްލިނިކެއް ހެދުމަށް އަމާޒުކޮށްގެން އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން އެ ކްލިނިކް ހުޅުވިގެންދިޔުމާއެކު، މެޑިކަލް ޗެކަޕް ހެއްދުމުގެ ޚިދުމަތް ދެވިގެން ދާނީ އެ ކްލިނިކުން ކަމަށާއި އޭރުން އެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް އަވަހަށް ފަސޭހައިން އެ ޚިދުމަތް ލިބިގެން ދާނެ ކަމުގައޮ ހަލީމް ވަނީ ވިދާޅުވެފައެވެ. 

މިއަދު ތައާރަފްކުރި ހިލޭ މެޑިލަކް ޗެކަޕް ހެދުމުގެ ޚިދުމަތުގެ ދަށުން، މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ހެލްތް ސެންޓަރުތައް މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެއްދޭނެ ކަމަށް ވެސް އާސަންދައިން ވަނީ ބުނެފައެވެ.

ރަށްތަކުގައި ނަގާ ސާމްޕަލްތައް ޓެސްޓް ކުރެވޭނެ ގޮތް ނެތްނަމަ، އެ އަތޮޅެއްގެ ހޮސްޕިޓަލަށް ފޮނުވައިގެން ވެސް ސާމްޕަލްތަކުގެ ނަތީޖާ ލިބޭނެ އިންތިޒާމު ހެލްތް ސެންޓަރުތަކުން ހަމަޖެހިގެންދާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެ ޓެސްޓެއް ހެދުމަށްޓަކައި، މެޑިކަލް ޗެކްއަޕް ހަދާ މީހާ، އެހެން ރަށަކަށް ފުރައިގެންދާން ނުޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ވެސް މެޑިކަލް ޗެކަޕް ހެއްދޭނެއެވެ. އެގޮތުން ވިލިމާލޭގައި ޗެކަޕް ހައްދާނަމަ 3038520 ނަންބަރަށް އަދި ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ޖީޕީ ކްލިނިކުން ޗެކަޕް ހައްދަން ބޭނުން ނަމަ، 1417 ނަންބަރަށް ގުޅައިގެން ކުރިއަށް ދެވޭނެއެވެ. ހަލީމް ވިދާޅުވީ ވިލިމާލެ އާއި ހުޅުމާލޭގައި ވެސް ޕްރޮސެސް ކުރިއަށް ދާނީ މާލެއެކޭ އެއްގޮތަށް ކަމަށެވެ.

މިއަދުން ފެށިގެން އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހިލޭ ހެއްދޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އަދި 35 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނަށާއި، 19 އަހަރުން ދަށުގެ ކުދިންނަށް އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން މި މެޑިކަލް ޗެކަޕް ހެއްދޭއިރު 19 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް މި ހިދުމަތް ދޭން ފަށާނީ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ހިލޭ ހޯދޭނެއެވެ.

އެގޮތުން މިއަދު ތައާރަފްކުރި ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ރަސްމީކޮށް އައިޖީއެމްއެޗްގައި ފަށައިފައިވާކަން އެ ހޮސްޕިޓަލުންވެސް ވަނީ ހާމަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.