މެލޭޝިޔާގައި ހިންގަމުންދާ މެކްޑޮނަލްޑްސް
ދުނިޔެ
02 Jan 2024 | 11:14
ބޮއިކޮޓާ ގުޅިގެން 1 މިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުންވެ މެލޭޝިޔާގެ މެކްޑޮނަލްޑްސް ކޯޓަށް!

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލު ޢާއްމާއި ގުޅިގެން، ޔަހޫދީންގެ ވިޔަފާރިތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ވިޔަފާރިތައް ބޮއިކޮޓް ކުރަމަށް ގޮވާލާ ހިންގަމުންދާ ހަރަކާތްތަކާއި ގުޅިގެން މެލޭޝިޔާގައި ހިންގާ މެކްޑޮނަލްޑްސަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެ އޭގެ ބަދަލު ހޯދަން ކޯޓަށް ހުށަހަޅައިފިއެވެ. 

ބައިނަލްއަޤުވާމީ ފާސްޓްފުޑް ޗެއިނެއް ކަމުގައިވާ މެކްޑޮނަލްޑްސް އަކީވެސް، ޔަހޫދީންނަަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ވިޔަފާރިއެއްގެ ކަމަށް ބުނެ، މުޅި ދުނިޔޭގައިވެސް ވަނީ މެކްޑޮނަލްޑްސް ބޯއިކޮޓް ކުރަން ގޮވާލާ އަޑުތައް ގަދަވެފައެވެ. 

އެގޮތުން މެލޭޝިޔާ ގައިވެސް އެ އަޑުތައް ގަދަވެ، އެ ގައުމުގައި ހުންނަ މެކްޑޮނަލްޑްސް އަށް 1.31 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ވެފައިވާ ކަމަށް މެލޭޝިޔާގައި އެ ވިޔަފާރި ކުރާ ގްރްބަންގް އަލަފް ރެސްޓޯރެންޓްސް ނަމަކަށް ކިޔާ ކުންފުނިން ވަނީ ބުނެފައެވެ. 

އެހެންކަމުން، ޔަހޫދީންނާ ގުޅުންހުރި ވިޔަފާރިތައް ބޮއިކޮޓް ކުރަން ގޮވައިލާ މެލޭޝިޔާގެ މަދަނީ ޖަމުޢިއްޔާއެއް ކަމަށްވާ ބޮއިކޮޓް، ޑައިވެސްޓްމެންޓް އެންޑް ސެންކްޝަންސް (ބީޑީއެސް) އާ ދެކޮޅަށް ދަޢުވާ ކުރަން ކޯޓަށް ހުށަހަޅާފައިވާ ކަމަށް މެކްޑޮނަލްޑްސް މެލޭޝިޔާއިން ބުނެފައި ވެއެވެ. 

އެގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ، އެ ކުންފުންޏަށް ލިބެމުންދާ ގެއްލުންތަކުގެ އަސްލަކީ، ބީޑީއެސް ޖަމާޢަތުން ސޯޝަލް މީޑިޔާގައި ޝާއިޢު ކުރަމުންދާ ޕޯސްޓުތައް ކަމަށާ، އެ ޕޯސްޓުތަކުގައި، މެކްޑޮނަލްޑްސަކީ ޔަހޫދީންނާ ގުޅުން އޮންނަ، އަދި އެމީހުންނަށް ފަންޑު ކުރާ ނުވަތަ މާލީ ގޮތުން އެހީތެރިވާ، ކުންފުންޏެއް ކަމަށް ތުހުމަތު ކުރަމުންދާ ކަމަށެވެ.

އެ ޕޯސްޓުތަކާއި ގުޅިފެން މެކްޑޮނަލްޑްސް ކުންފުނިން ވިޔަފާރިކުރާ މީހުންގެ ޢަދަދު ބޮޑުތަނުން މަދުވެ، ވިޔަފާރީގެ ފައިދާ ދަށްވެ، މުވައްޒަފުންގެ ޢަދަދު މަދުކުރަން މަޖުބޫރުވެ، ބައެއް ރެސްޓޯރެންޓުތައް ބަންދު ކުރަންޖެހި، ރެސްޓޯރެންޓުތައް ހުޅުވާފައި ހުންނަ ވަގުތު މަދުކުރަން ޖެހިފައިވާ ކަމަށްވެސް މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، އޭގެ ބަދަލުގެ ގޮތުގައި ބީޑިއެސް އަތުން 1 މިލިއަން އަތުލަން މެކްޑޮނަލްޑްސް މެލޭޝިއާ އިން ވަނީ ދަޢުވާ ކޮށްފައެވެ. 

މި މައްސަލަ އާއި ގުޅިގެން ބީޑިއެސް އިން ބޭރުގެ މީޑިއާ ތަކަށް މަޢުލޫމާތު ދެމުން ވަނީ، މެކްޑޮނަލްޑްސް މެލޭޝިޔާގެ އަގު ވައްޓައިލަން އެ ޖަމާޢަތުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ކުރާ ތުހުމަތު ދޮގުކޮށްފައެވެ.

އަދި، އެ ޖަމިއްޔާގެ މަޤުޞަދަކީ ޔަހޫދީންގެ ވިޔަފާރިތަކަށް އޮތް ތާޢީދު ކުޑަކޮށް، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވަން ބާރު އެޅުން ކަމަށްވެސް ބުނެފައިވެއެވެ.

މިއާއެކު އެ ޖަމިއްޔާއިން ވަނީ މި މައްސަލައިގައި ކޯޓުން ނިންމާ ގޮތަކަށް އިޙުތިރާމު ކުރާނެ ކަމަށް ބުނެފައެވެ. 

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 22,000އަށް އަރާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.